ކޮންޓްރޯލް ޑްރަގެއް ވިއްކަނީ، މައްސަލަ ބަލަނީ

ކޮންޓްރޯލް ޑްރަގެއް ވިއްކާ ކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަން ކަމާބެހޭ އިދާރާތަކަށް ހިއްސާކޮށްފައިވާ ކަަމަށް ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީން ބުނެފި އެެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ ޒާހިރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންޓްރޯލް ޑްރަގެއް ކަމަށްވާ ބިއުޕްރެނޯފިން ވިއްކަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެއީ ޑްރަގް ފަރުވާގައި ތިބޭ މީހުންނަށް ދޭ އެއްޗެއްކަން ފާހަގަ ކުރައްވާ ލުބްނާ ވިދާޅުވީ އޭގެ ޓެބްލެޓްތަކެއް 2000 ރުފިޔާއަށް ވިއްކާފައިވާ ކަަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ހިންގެވުމާއި ހަވާލުވެ ހުންނެވި ލުބުނާ ވިދާޅުވި ގޮތުގައި އެކަން ކުރަމުންދާ މީހުންގެ މައުލޫމާތު ލިބިފައިވާތީ އެކަން ކަމާބެހޭ އިދާރާތަކަށް ވަނީ އަންގާފަ އެވެ.
އަދި އެކަން ކުރުމަކީ ގާނޫނީ ކުށެއްކަން ވަަނީ ހަނދާން ކޮށްދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ