ފަލަސްތީން ފުޓްބޯޅަ ޓީމުގެ ކޭމްޕެއް ރާއްޖޭގައި ހަމަޖައްސައިދެވޭތޯ އެފްއޭއެމް އިން މަސައްކަތް ފަށައިފި ފަލަސްތީން ފުޓްބޯޅަ ޓީމުގެ ކޭމްޕެއް ރާއްޖޭގައި ހަމަޖައްސައިދެވޭތޯ އެފްއޭއެމް އިން މަސައްކަތް ފަށައިފި

މި އަހަރު ބާއްވާ، އޭއެފްސީގެ 17 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިން އަށް ތައްޔާރުވާ، ފަލަސްތީނުގެ ޒުވާން ގައުމީ ޓީމުގެ ތަމްރީނުގެ ޓްރެއިނިން ކޭމްޕެއް ރާއްޖޭގައި ކުރިއަށްގެންދިއުމަށް ފުރުސަތު ދޭން އެފްއޭއެމުން މަަސައްކަތް ފަށައިފި އެވެ.
އިޒްރޭލުން ފަލަސްތީނަށް އަރާ ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ފަލަސްތީނުގެ ޓީމުތަކަށް އެ ގައުމުގައި ޓްރެއިނިން އާއި މެޗުތައް ކުރިއަށްނުގެންދެވޭތީ، އެކަންކަން ކުރަމުން އަންނަނީ ފަލަަސްތީން ފުޓްބޯޅަ އެސޯސިއޭޝަނުން އެދިގެން، އެކި ގައުމުތަކުގަ އެވެ. އެ ގޮތުން، ފަލަސްތީން ފުޓްބޯޅަ އެސޯސިއޭޝަނުން މި ފަހަރު އެހީތެރިކަމަށް އެދިފައި މި ވަނީ ރާއްޖޭގެ ކިބައިންނެވެ.
އެ ގޮތުން، ފަލަސްތީންގެ އެދުމަށް އިޖާބަދީ މި ކަން ހަމަޖައްސައިދޭން، އެފްއޭއެމުން ވަނީ ދިވެހި ސަރުކާރުގެ ސަރުކާރުގެ އެހީތެރިކަމަށް އެދެން ނިންމައިފަ އެވެ. އެ ގޮތަށް ނިންމީ އިއްޔެ ބޭއްވި އެފްއޭއެމް ހިންގާ ކޮމިޓީގެ ބައްދަލުވުމުގަ އެވެ. ފަލަސްތީނުގެ ޓީމު ރާއްޖެ އަންނަ ގޮތަށް ވާހަކަ ދައްކާފައިވަނީ، ނޮވެމްބަރު 8 އިން 19 އަށެވެ. ފަލަސްތީނުގެ ކޭމްޕް ރާއްޖޭގައި ހަމަޖެހިއްޖެނަމަ، ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމުން ފަލަސްތީނާ ދެކޮޅަށް ދެ މެޗެއް ވެސް ކުޅޭނެ އެވެ.
"އޭއެފްސީ އޭޝިއަން ކަޕް 17 އަހަރުން ދަށުގައި ވާދަކުރާ ފަލަސްތީނުގެ ގައުމީ ޓީމާއި ދިވެހިރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމު ރަހުމަތްތެރިކަމުގެ ދެ މެޗު ކުޅުމަށާއި ދިވެހި ރާއްޖޭގައި ކޭމްޕްކޮށް ތިބުމުގެ އިންތިޒާމް ހަމަޖެއްސުމުގައި ފަލަސްތީން ފުޓްބޯޅަ އެސޯސިއޭޝަނުން އެހީތެރިކަމަށް އެދިފައިވާތީވެ، ނޮވެމްބަރު 8-18 އަށް ދިވެހިރާއްޖޭގައި ތިބުމާއި އެހެނިހެން އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދުމަށާއި ދެ މެޗަށް ސްޕޮންސަރުން ހޯދުން،" އިއްޔެ ބޭއްވި އެފްއޭއެމްގެ ހިންގާ ކޮމިޓީގެ ބައްދަލުވުމާ ގުޅޭ މައުލޫމާތު ދިނުމަށް އެފްއޭއެމް އިން ނެރުނު ނޫސްބަޔާނުގައި ލިޔެފައިވެ އެވެ.
ފަލަސްތީނުގެ ސީނިއާ ފުޓްބޯޅަ ޓީމު ވަނީ 2014 ވަނަ އަހަރު ރާއްޖޭގައި އޮތް އޭއެފްސީ ޗެލެންޖް ކަޕްގައި ވާދަކޮށްފަ އެވެ. އެ ފަހަރު ވެސް ދިވެހި ގިނަ ސަޕޯޓަރުން ފަލަސްތީނަށް ސަޕޯޓްކުރިއިރު، އެފްއޭއެމް އިން ފަލަސްތިނުގެ 17 އަަހަރުން ދަށުގެ ޓީމަށް މި ކޭމްޕް ހަމަޖައްސައިދޭން ވެސް ގިނަ ބަޔަކު އަންނަނީ އެދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ