ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒުކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށައަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެވެ. މި ފަހަރު ހުށައެޅި ބިލްގައިވާ ގޮތުން ދެހާހުން މަތީގެ އާބާދީތަކަށް އިންތިހާބު ކުރާނީ ފަސް ކައުންސިލަރުންނެވެ. އަދި ދެހާހުން ދަށުގެ އާބާދީތަކަށް އިންތިހާބު ކުރާނީ ތިން ކައުންސިލަރުންނެވެ.
ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށައެޅުއްވި މެންބަރު ފަލާހް --
ފަސް ކައުންސިލަރުންގެ ތެރެއިން ދެ ގޮނޑި ހާއްސަކުރަން ޖެހެނީ އަންހެނުންނަށެވެ. ތިން ގޮނޑި ހިމެނޭ ކައުންސިލްތަކުން އެއް ގޮނޑި އަންހެނުންނަށް ހާއްސަ ކުރަން ޖެހެ އެވެ.
މިހާރު އިސްލާހު އޮތްގޮތުން މާލެ ސިޓީއާއި އައްޑޫ ސިޓީ ގައި އިންތިހާބު ކުރަން ޖެހޭ ކައުންސިލަރުންގެ އަދަދު މަދުވެ އެވެ.
އެގޮތުން މާލެ ސިޓީ ކައުންސިލަށް ދެން އިންތިހާބު ކުރަން ޖެހެނީ މި ބިލް ބުނާ ގޮތުން މޭޔަރާއެކު 16 ކައުންސިލަރުންނެވެ. ކުރީން އެ އަދަދު ހުރީ 18 ގަ އެވެ. އައްޑޫ ސިޓީ ކައުންސިލަށް ދެން އިންތިހާބު ކުރާނީ ހަތް ކައުންސިލަރުންނެވެ. އެއީ ހުޅުދޫ އާއި މީދޫ ސިޓީ ކައުންސިލުން ވަކިވުމުންނެވެ. އެ ދެ ރަށަށް ދެން އިންތިހާބު ކުރާނީ ރަށު ކައުންސިލެކެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ --
ފުވައްމުލަކު ސިޓީއަށް ނުވަ ކައުންސިލަރުން އިންތިހާބު ކުރަން ހިމަނާފައިވެ އެވެ,. އެއީ މިހާރެކޭ އެއްގޮތަށް ކޮންމެ އަވަށަކުން ކައުންސިލަރެކެވެ.
މި ބިލް ސަރުކާރުން ބޭނުންވާ ގޮތަށް ފާސްވާނެ ކަމަށް ބެލެވެ އެވެ. ކައުންސިލަރުންގެ އަދަދު މަދުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރެއްވުމުން އެކަމަށް ގިނަ ރައްޔިތުން ތާއީދު ކުރި އެވެ.
ބިލް ހުށައަޅައިފި؛ ދެހާހުން މަތީ އާބާދީއަށް ފަހެެއް، ދަށަށް ތިން ކައުންސިލަރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ