ގެދޮރު ގަންނަން ލިބޭ ލޯން ސްކީމެއް ތައާރަފުކުރަނީ ގއ. ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ހަތަރު މީހަކު ހައްޔަރުކޮށްފި ނޭޕާލް އަންހެނަކު ގެއްލިގެން، އޭނާ ހޯދުމުގެ މަސައްކަތްކުރަނީ! ޝަންގްރީލާ ވިލިނގިލި އަލުން ހުޅުވުމުގެ ތައްޔާރީތަކާ ބެހޭ ގޮތ

އައްޑޫ ސިޓީގައި ލޯކަލް ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށް ފެނޭތޯ ބެލުމަށް، ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި ހުޅުދޫ އަދި މީދޫ އިން ސިޓީ އިން ވަކިވެ ރަށު ކައުންސިލު ހެދުމަށް ނިންމުމާއި ގުޅިގެން އެ ދެ ރަށުގައި އުފާފާޅުކުރުމުގެ ގޮތުން މިރޭ ހަވާ އަރުވަން ނިންމައިފިއެވެ.
ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދާއި މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހްމާން ގުޅިގެން ބާއްވާ މި ހަރަކާތް އޮންނާނީ މިރޭ 20:00 ގައި ހުޅުމީދޫ މެދު ބަނދަރުގައެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި، ވަކި ކައުންސިލެއް ހަދަން ފެންނަ ކަމަށް މީދޫން 847 މީހަކު ވޯޓުދިންއިރު ނުފެންނަ ކަމަށް 144 މީހަކު ވޯޓުދިނެވެ. އަދި، ހުޅުދޫގައި ވަކި ކައުންސިލެއް ހަދަން 623 މީހަކު ވޯޓުދިންއިރު ނުފެންނަ ކަމަށް ވޯޓުދިނީ 329 މީހުންނެވެ. ދޫ އިން ވަކި ކައުންސިލެއް ހަދަން ނުފެންނަކަމަށް ނިންމާފައިވާއިރު، ފޭދޫން ނުފެންނަ ކަމަށް 1،784 މީހަކު ވޯޓުދިނެވެ. އަދި ފެންނަކަމަށް ވޯޓު ދިނީ 616 މީހަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ