ކުޅުދުއްފުށި ސިޓީގައި ހުސެއިން އާދަމްގެ ހަނދާނީ ބިނާ ހުޅުވައިފި

ހދ. ކުޅުދުއްފުށި ސިޓީގައި ހުސެއިން އާދަމްގެ ހަނދާނީ ބިނާ ހުޅުވައިފި އެވެ.
ނޮވެންބަރު 3, 1988 ވަނަ އަހަރުގެ އުދުވާނީ ހަމަލާއިން ދިވެހި ގައުމު ސަލާމަތް ކުރުމުގައި ހދ. ކުޅުދުއްފުށީ މާވާގެ, ހުސައިން އާދަމް ވަނީ ފުރާނައިން ގުރުބާން ވެފަ އެވެ. އެ އުދުވާނާއި ދެކޮޅަށް އެންމެ ވަރުގަދަ ޖިހާދެއް ކުރެއްވީ ހުސައިން އާދަމް އެވެ.
ސިފައިންގެ މައި އިދާރާގެ ބޮޑުގޭޓްގައި ހުންނަވާ ބާޢީންނަށް ރައްދު ހަމަލާ ދެއްވީ އެއްވެސް ޖެހިލުމެއް ނެތި އެވެ. ސިފައިންގެ ތެރެއަށް ވަދެ ގަތުމަށް ކުރި މަސައްކަތަށް ހުރަސް އެޅުނީ އެސަބަބާއި ގުޅިގެންނެވެ.
ކުޅުދުއްފުށި ސިޓީގައި ހުސެއިން އާދަމްގެ ހަނދާނީ ބިނާ ހުޅުވީ މިއަދު ފާހަގަކުރަމުންދާ ނަސްރުގެ ދުވަހާއި ގުޅުވަ އެވެ. މި ބިނާ ހުޅުވައި ދެއްވީ ހުސައިން އާދަމްގެ އާއިލީ ބޭފުޅުންނާއި އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ