ނޮވެމްބަރު 3ގެ ޚާއްސަ އައްޑަނަ މައުމޫނަށާއި، ޝަހީދުންގެ އާއިލާތަކަށް އަރުވައިފި
ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށް ނޮވެމްބަރު ތިނެއްގެ ޝަރަފުގެ ޚާއްސަ އައްޑަނަ މިއަދު އަރުވައިފިއެވެ. މައުމޫނަށް އެ އައްޑަނަ އެރުއްވީ ނަސްރުގެ ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށް މިހާރު ކުރިއަށްދާ ޚާއްސަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މިއަދުގެ ޖަލްސާގައި ރައީސް ވަނީ އެ ދުވަހު ޝަހީދުވީ މީހުންގެ އާއިލާތަކަށް ހަނދާނީ އައްޑަނައެއް ވެސް އަރުވައިފައެވެ. ނޮވެމްބަރު 3ގެ ޚާއްސަ އައްޑަނަ މައުމޫނަށާއި، ޝަހީދުންގެ އާއިލާތަކަށް އެރުވުން -- ފޮޓޯ: ރައީސް އޮފީސް މައުމޫނަށް އައްޑަނަ އެރުވީ، ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި އޭރުގެ ރައީސްގެ ހައިސިއްޔަތުން ކުރެއްވި މަސައްކަތްޕުޅުތަކާ ގުޅިގެންނެވެ. އަދި އެ ދުވަހުގެ ހަމަލާގެ ޝަހީދުންގެ އާއިލާތަކަށް އައްޑަނަ އެރުވީ އެ ޝަހީދުންގެ ޚިދުމަތުގެ އަގު ގައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރުމުގެ ގޮތުންނެވެ. ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުޢިއްޒު ވަނީ ވާހަކަފުޅުދައްކަވައިފައެވެ. އަދި ޑިފެންސް ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވެސް ވާހަކަދެއްކެވިއެވެ. މީގެ އިތުރުން ދުވަހުގެ ހާދިސާތަކުގެ މައްޗަށް ބިނާކޮށް ތަމްސީލެއް ވެސް ވަނީ ދައްކައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ