ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ކ. ގުރައިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޓިކެޓު، އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރިޒާގެ ކޮއްކޮ ހުސެއިން ރިޒާއަށް ދީފި އެވެ.
ވީ ކިހިނެއް؟ - ކެންސަރުގެ އާލާސްކަންފުޅާ އުޅުއްވުމަށް ފަހު ރިޒާ އަވަހާރަވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. އޭނާ އަވަހާރަވުމުން، އެ ދާއިރާގެ މަޖިލިސް ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން އިލެކްޝަންސް ކޮމިޝަނުން ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ 15 އަށެވެ.
ތަފްސީލު - ޕީޕީއެމް އިން ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ޕްރައިމަރީއަށް ހުޅުވާލުމުން ކުރިމަތިލެއްވީ ހުސެއިން ރިޒާ އެކަންޏެވެ. އެހެންކަމުން، އިންތިހާބަކާ ނުލައި އޭނާއަށް ޓިކެޓު ދޭން ނިންމާފައިވާ ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް މިރޭ 'ދައުުރު'އަށް ވިދާޅުވި އެވެ.
ގުޅުން ހުރި ކަމެއް - އިދިކޮޅު ޕީޕީއެމްގެ ސަޕޯޓު ބޮޑު ގުރައިދޫ ދާއިރާއަށް ވާދަކުރުމަށް، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީންނާއި ސަރުކާރާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އެމްއެންޕީން ވެސް ވަނީ ހުޅުވާލާފަ އެވެ. އެގޮތުން:
އެމްޑީޕީގެ ޕްރައިމަރީއަށް ހަތަރު ބޭފުޅަކު ކުރިމަތިލެއްވި
އެމްއެންޕީގެ ޓިކެޓު އިންތިހާބަކާ ނުލާ ކުރީގެ ދިވެހި ޓީޗަރެއް ކަމަށްވާ އަލީ އަރީފް ވަނީ ކަށަވަރުކުރައްވާފައި
ގުރައިދޫ ދާއިރާގެ ޕީޕީއެމް ޓިކެޓު ރިޒާގެ ކޮއްކޮއަށް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ