ޖޭޕީ ވެރިކަމެއްގައި ފްލެޓްތަކުގެ ކުލި މައާފުކޮށްދޭނެ: ގާސިމް
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ވެރިކަމެއްގައި ހުޅުމާލޭގައި ހަދާފައި ހުރި ހުރިހާ ފްލެޓުތަކެއްގެ ކުލި މާފްކޮށް ދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.ގާސިމް އެގޮތަށް ވިދާޅުވީ ޖޭޕީގެ 158 ވަނަ ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ހުޅުމާލެ އިން ބިން އެއް ބަޔަކަށް ވިއްކާ އިރު، އަނެއް ބަޔަކަށް ދެނީ ހިލޭ ކަމަށެވެ. އަދި އެކަމުގައި އިންސާފާއި އިހްސާންތެރިކަން ކޮބައިތޯ ގާސިމް ވަނީ ސުވާލު ކުރައްވައިފައެވެ."އަޅުގަނޑުގެ ވެރިކަމެއްގައި ހުޅުމާލޭގައި ތި ދީފައި ހުރި ކުލީ ފްލެޓުތަކުގެ ކުލި އެއް ފަހަރާ މާފްކޮށް ދޭނަން. މާފު. ބޮޑު ލާރިއެއް ވެސް ދައްކާކަށް ނުޖެހޭނެ." ގާސިމް ވިދާޅުވިއެވެ.މި ސަރުކާރުން މާލޭ ސަރަހައްދުން ހިލޭ ގޯތި ދިނުމަށް ނިންމާފައިވާއިރު ފްލެޓްތަކުން ކުލި ނަގާތީ އެކަމަށް ފާޑު ވިދާޅުވެ ގާސިމް ވިދާޅުވީ ޖޭޕީގެ ވެރިކަމެއްގައި ފްލެޓްތައްވެސް ދޭނީ ހިލޭ ކަމަށެވެ. އެގޮތުން މިހާރު ކުލި ނަގަމުން ގެންދާ ފްލެޓްތަކާއި ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ ކުލިވެސް އެއްކޮށް މައާފްކޮށްދޭނެކަމަށް ގާސިމް ވިދާޅުވިއެވެ. ސަރުކާރަށް ފާޑުވިދާޅުވެ އިތުރަށް ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރައީސް ޞާލިޙް އިތުރު ދައުރަކަށް ކުރިމަތިލެއްވުމުގެ މާނައެއް މިހާރު ނެތް ކަމަށެވެ. ރައްޔިތުންނަށް މިއަދު ކަންކަން ވަރަށް ސާފުވެފައިވާ ކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ. އަދި ރައީސް ޞާލިޙް އިތުރު ދައުރަކަށް ކުރިމަތިލެއްވުމުގެ މާނައެއް މިހާރު ނެތް ކަމަށެވެ. ރައްޔިތުންނަށް މިއަދު ކަންކަން ވަރަށް ސާފުވެފައިވާ ކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ