ބާ ކައުންސިލުން އޭޖީ ވަކިކުރުން ރަނގަޅެއް ނޫން: ގާސިމް

ބަންޑާރަނައިބު ނުހިމެނޭ ގޮތަށް ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ އެކުލަވާލުމާ ދެކޮޅު ކަމަށް މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.ބަންޑާރަނައިބަކީ މަގާމުގެ ހައިސިއްޔަތުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއް ކަމުގައި ގާނޫނީ ފަންނުގެ ގާނޫނުގައި ކަނޑައަޅާފައި އޮތް އޮތުން ބަދަލުކުރަން އެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފު ހުށަހެޅުއްވި އިސްލާހުގެ ބަހުސްގައި ގާސިމް އިބްރާހީމް ވަނީ ބިލްގައި ބަންޑާރަނައިބު އުނިކުރަން ހުށަހެޅި އިސްލާހު ނޫން އެހެން ހުރިހާ އިސްލާހުތަކަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.ގާސިމް ވިދާޅުވީ ބާ ކައުންސިލްގައި ބަންޑާރަނައިބު އިންނެވުން ނުވަތަ ނީންނެވުމަކީ އެ ކައުންސިލްގެ ކަންކަން ގޯސްކޮށް ހިނގާނެ ސަބަބެއް ކަމުގައި ވިސްނުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ. "[ބާ ކައުންސިލްގައި] ބަންޑާރަ ނައިބުގެ ވޯޓު އެކަނި ގޯސްކޮށް ދާތީ އެކަން [މަސައްކަތް] ކުރިއަށް ނުގެންދެވޭނީކީ ނޫން. ގާނޫނުގައި ބުނާގޮތުން، މެޖޯރިޓީ އޮތީއްޔާ ކަންކަން ކުރިޔަށް ދާނެ،" ގާސިމް ވިދާޅުވި އެވެ.ގާސިމް ތާއީދު ކުރެއްވީ އެ ބިލުގައި ހިމަނާފައިވާ ރަސްމީ އިދާރާތަކުގައި ރަޖިސްޓްރީ ކޮށްގެން ކިޔަވައިދޭ މަރުކަޒުތަކުން ދޫކޮށްފައިވާ ލިޔުންތަކުގައި ބާ ކައުންސިލަށް އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައި ދޭން ޖެހޭނެ ކަަމަށް އޮތް މާއްދާއަށެވެ.މީގެ އިތުރުން ރައްޔިތުންނަށް ދޫކޮށްފައިވާ ރަސްމީ ލިޔުންތައް ނުވަތަ ތައުލީމީ ސަނަދުތައް ބޭރު ގައުމުތަކުގައި ބޭނުން ކުރުމަށް އެ ގައުމުތަކުގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކުން ވެސް އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖެހޭނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ