ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކުރޫ, މޯލްޑިވްސް އިސްލާމިކް ބޭންކަށް ހަތަރު މިލިއަން ރުފިޔާގެ ދަރަންޏެއް ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް އަމަލުކުރަން ފަސްކުރުމަށް ސިވިލް ކޯޓުން އަންގައިފި އެވެ.
ސިވިލް ކޯޓުންން ނެރުނު މި އަމުރަކީ އާޒިމާގެ ފަރާތުން ހުކުމް މުރާޖައާ ކުރަން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ނެރުނު އަމުރެކެވެ. އެގޮތުން ސިވިލް ކޯޓުން ނެރުނު އަމުރުގައިވަނީ ހުކުމަށް އަމަލުކުރުން ފަސްކުރުމަަށާއި ހުކުމާ ގުޅޭ އެއްވެސް ފިޔަވަޅެއް ނޭޅުމަށެވެ.
ސިވިލް ކޯޓުން މި ޖެނުއަރީ މަހު 2 ވަނަ ދުވަހު އާޒިމާގެ މައްޗަށް ހުކުމް ކޮށްފައިވަނީ އެމްއައިބީ އިން އާޒިމާ އަށް ދޫކޮށްފައިވާ ލޯނަކަށް ގަވާއިދުން ފައިސާ ދައްކަމުން ނުދާތީ އެވެ. ކޯޓުން އެމްއައިބީއަށް ދައްކަން ހުކުމްކޮށްފައިވާ 4،030،856 ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރުމަށް އާޒިމާއަށް އަންގާފައިވެ އެވެ.
މި މައްސަލާގައި އާޒިމް ވިދާޅުވީ އޭނާ އެމްއައިބީން ހަތަރު މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމެއް އިއްވީ ލޯނު ރީސްޓްރަކްޗާ ކުރުމަށް ވާހަކަދައްކަން ފަށައި ފައިސާ ދައްކާނެ ގޮތުގެ ޝެޑިއުލެއް ބޭންކަށް ހުށަހަޅާފައި ވަނިކޮށް ކަމަށެވެ. އާޒިމާ އިތުރަށް ވިދާޅުވީ އެ ބޭންކުން ވަނީ ލޯނު ރީސްޓްރަކްޗާކުރުމާ މެދު ވަކި ގޮތެއް ކަނޑައެޅެންދެން ކޯޓުގައި ހިނގަމުން ދިޔަ މައްސަލަ މަޑުޖައްސައިލަން ކޯޓަށް ލިޔުމަކުން އަންގައި ދޭނެކަމަށް ޔަގީންކަންވެސް ދީފައިވާނެ ކަމަށެވެ.
އާޒިމާ ވަނީ އެއީ އޭނާ މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާތީ ބައި-އިލެކްޝަންއަށް ނުފޫޒު ފޯރުވަން ބޭންކިންގެ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފަށް ބޭންކުގެ ވަކި މުވައްޒަފަކު ކޮށްފައިވާ ކަމެއްކަމަށް ތުހުމަތު ކުރައްވާފަ އެވެ.
އާޒިމާއަށް ކުރި ހުކުމަށް އަމަލުކުރުން ސިވިލް ކޯޓުން ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ