ރޭ އިފްތިތާހު ކުރެއްވި އެމްއެންޑީއެފްގެ އެއާކޯގެ ހިދުމަތާއި ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ތަހުނިޔާ ކިޔުއްވައިފި އެވެ.
މައުމޫން އެކްސްގައި ކުރެއްވި ޓްވީޓެއްގައި ވަނީ އެމްއެންޑީއެފް އެއާކޯ އިފްތިތާހު ކުރުމުގެ ތާރީހީ މުނާސަބަތުގައި  ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ސިފައިންނަށް ތަހުނިޔާ ވިދާޅުވެފަ އެވެ.
އެމްއެންޑީއެފް  އެއަރ  ކޯ  އިފްތިތާޙުކުރުމުގެ  ތާރީޚީމުނާސަބަތުގައި  ޢިއްޒަތްތެރި  ރައީސުލްޖުމްހޫރިއްޔާއަށާއި  ދިވެހިސިފައިންނަށް  އިޚްލާޞްތެރިކަމާއެކު  ތަހުނިޔާދަންނަވަން.
— Maumoon Abdul Gayoom (@maumoonagayoom) March 16, 2024
ރޭ ނ. މާފަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުއިއްޒު ވަނީ އެމް.އެން.ޑީ.އެފް އެއާކޯ އިފުތިތާހުކޮށްދެއްވައި، އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫ.އޭ.ވީ) ސިފައިންގެ ހިދުމަތަށް ތައާރަފުކޮށްދެއްވާފަ އެވެ.
ރާއްޖޭގެ ތާރީހުގައި މުޅިން އަލަށް ވައިގެ ބާރެއް އުފައްދަވައި، އެ ބާރުގައި ޔޫ.އޭ.ވީ ބޭނުން ކުރަން ފެށުމަކީ، ރާއްޖޭގެ ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިގުލާލާއި، ސިޔާދަތު ހިމާޔަތްކޮށް ދިފާއުކުރުމަށް އެޅިގެންދާ ވަރަށް ހަރުދަނާ އަދި މުހިންމު ފިޔަވަޅެކެވެ. މި ހިދުމަތުގެ ސަބަބުން، ރާއްޖޭގެ މަސްކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި، ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހިނގާފާނެ ގައިރު ގާނޫނީ އަމަލުތައް ހުއްޓުމަށްވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ އެވެ.
މި ހިދުމަތް ތައާރަފްކުރައްވާފައި ވަނީ އެއްގަމާއި، ކަނޑާއި، ވައިގެ މަގުންވެސް ގައުމު ދިފާއުކުރުމުގެ ޒަމާނީ އަސްކަރީ ގާބިލުކަން ރާއްޖޭގައި ވަރުގަދަކުރުމަށް، މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނެވެ.
    
    އެއާކޯ އިފްތިތާހުކުރެއްވުމުން މައުމޫން ރައީސްއަށް ތަހުނިޔާ ވިދާޅުވެއްޖެ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
            