މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ހޯރަފުށީ ދާއިރާ ގިނަ ޕްރޮޖެކްޓްތައް ހުރީ ހުއްޓިފައި: އަލީ މޫސަ

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު، ހޯރަފުށީދާއިރާގައި ކުރީ ސަރުކާރުން ފެށި ގިނަ މަޝްރޫއުތައް ހުރީ ހުއްޓިފައި ކަމަށް އެ ދާއިރާއަށް ވާދަކުރައްވާ ސަރުކާރުގެ ކެންޑިޑޭޓް ޢަލީ މޫސަ ވިދާޅުވެއްޖެއެވެ. 
ރޭ އޮތް ހޯރަފުށީދާއިރާގެ ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހިމް ޚަލީލް ވަނީ މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ހަމައެކަނި ހޯރަފުށީގައިވެސް ފަށާފައި ކުރިއަށް ނުގޮސް ހުރި މަޝްރޫޢު ތަކަށް އަލި އަޅުވާލައްވާފައެވެ. 
ޚަލީލްގެ އެ ވާހަކަތަކަށަ ތާއީދު ކުރައްވައި އެ ޖަލްްސާގައި ވާހަކަ ދައްކަވަމުން އަލީ މޫސަ ވަނީ ހޯރަފުށީގެ އިތުރުން އެ ދާއިރާގައި ހިމެނޭ އެހެން ރަށް ރަށުގައިވެސް ކުރީ ސަރުކާރު ނިމެން ކައިރިވެފައި ހުއްޓާ ބިންގާ އަޅައި ކުރިއަށް ނުގޮސްފައިވާ މަޝްރޫޢު ތަކަށް އަލިއަޅުވާ ލައްވާފައެވެ. 
އެގޮތުން ތުރާނުކުގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ ރިޔާސީ އިންތިހާބުގެ ވޯޓުލާން ގާތްގަޑަކަށް ހަފްތާއަކަށް ވެފައި ވަނިކޮށް ކަމަށާ، ރަނގަޅަށް އީއައިއޭ ރިޕޯޓްވެސް ނުނިންމާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ މަސައްކަތް ކުރިއަށް ނުގޮސް އޮތީ އެހެންވެ ކަމަށްވެސް އޭނާ ވުދާޅުވިއެވެ. 
އެ ޕްރޮޖެކްޓްގެ އިތުރުން، ރިޔާސީ އިންތިޚާބަށް ހަފްތާއެއް ވެފައި ވަނިކޮށް ކުރިންވެސް ބިންގާ އަޅާފައުވާ ތުރާކުނުގެ މިސްކިތުގެ ޕްރޮޖެކްޓްގައިވެސް އަލުން ބިންގާ އަޅައި ފަށާފައިވާ ކަމަށާ، އެ މަސައްކަތް ހުއްޓޭނީ މިސްކިތުގެ މަސައްކަތް ނިންމާފައު ކަމަށް އޭރު ރައީސް ޞާލިހު ވުދާޅުވު ކަމަށް އަލީ މޫސަ ވިދާޅުވިއެވެ. އެހެން ނަމަވެސް، ޕްރޮޖެކްޓް ފެށިތާ ގާތްގަނޑަކަށް ބައި ގަޑިއިރު ތެރޭގައި ހުއްޓިގެން ދިޔަ ކަމަށާ، ދާދިފަހާ ޖެހެން ދެންވެސް އެ މަސައްކަތް ހުރީ ހުއްޓިފައު ކަމަށް އަލީ ވުދާޅުވިއެވެ. 
ހަމަ އެހެންމެ، އުލިގަމުގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތްވެސް ވެރިކަމާއި ހަވާލުވިއިރު އޮތީ ހުއްޓިފައި ކަމަށާ، މިހާރުވެސް އެ މަސައްކަތް ހުއްޓިފައި އިތް ކަމަށެވެ. އަދި މަސައްކަތް ފެށުމަށް އެކަމަށްޓަކައު މިހާރު އެމްޑީޕީ މެޖޯރިޓީ އޮތް މަޖިލީހުން ކަނޑައެޅި ބަޖެޓް ބެލި އިރު، އެކަމަލށްޓަކައި ކަނޑއަޅާފައުވަނީ އެްްލައްކަ ފަންސަވީސް ހާސް ރުފިޔާ ކަމަށް އަލީ ވުދާޅުވުއެވެ. އެއީ ދަނޑެއްގއ މަސައްކަތް ނިންމޭނެ ވަރަށަ ވުރެ މާ މަދު ފައުސާ ކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ. 
އޭގެ އިތުރުން އުލިގަމުގެ ސިއްހީ މަރުކަޒުގެ މަސައްކަތަށްވެސް ބަޖެޓްގައި ޖަހާފައު ވަނީ 7 މިލިއަން ރުފިޔާ ކަމަށާ އެހެން ނަމަވެސް ޕްރޮހެކްޓްގެ އަގަކީ 28 މިލިއަން ކަމަށް އަލީ ވިދާޅުވިއެވެ. 
އެ ރަށުގެ ބަނދަރުގެ މަސައްކަތަކީވެސް މި ސަރުކާރު އައު އިރު ހުއްޓިފައި އޮތް މަސައްކަތެއް ކަމަށާ ސަރުކާރުން އެ ކަން ފަށައި މިހާރު ބާރަށް ކުރުއަށް ގެންދާކަން އަލީ ފާހަގަކުރެއްވިއެވެ. 
އަޅުގަނޑު މި ދައްކަނީ ތެދުކަން ދާއިރާގެ ތިން ރަށުގެ ރައްޔިތުން ހެކިވާނެ. ކޮންމެ ވާހަކައެއްވެސް (އިދިކޮޅަށް) ދެއްކިދާނެ. އެހެން ނަމަވެސް ތެދުވެރިކަމާ އިޚްލާސްތެރިކަމާއެކު ދެއްކުން އެއީ އަދި ވަކި ކަމެއް. އަޅުގަނޑުމެން މަސައްކަތަށް ނުކުމެ މި ތިބީ ވަރަށް ތެދުވެރިކަމާ، އިހްލާސަތެރިކަމާ، އަމާނާތްތެރިކަމާ ވަފާތެރިކަމާއެކު. އަޅުގަނޑުމެން ދައްކާ ވާހަކަ އާއި އަމަލާ ދިމާވާނެ. އަޅުގަނޑުމެން ދައްކާނީ ތެދުބަހުން ވާހަކަ. 
ޢަލީ މޫސަ
އަލީ މޫސަ ވިދާޅުވީ އެ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ވެސް ވޭތުވެދިޔަ ފަސް އަހަރުގައި މާ ބޮޑު ަކމެއް ކުރެވުފައު ނުވާ ކަމަށެވެ. އޭގެ ބަދަލުގައި ހއ އަތޮޅު މަދަރުސާގެ އޭލެވެލް ވެސް އުވާލި ކަމަށް އޭނާ ވިދާޅުވުއެވެ. 
އެހެންނަމަވެސް، މި ސަރުކާރުން ތިން މަސް ދުވަހުގެ ތެރޭގައި އެ ދާއިރާގައި ބޮޑެތި ޕްރޮޖެކްޓަތައް ފަށައި، ކުރިއަށް އޮތް ތަނުގައި ފަރުދުންނަށް ގިނަ ވަޒީފާގެ ފުރުސަތުތައް ހުޅުވާލާނެ ކަމަށް އޭނާ ވުދާޅުވިއެވެ. 
އަދި އޭނާ މަސައްކަތް ކުރައްވާނީ ދާއިރާގެ ރަށްތަކުގެ އާއިލާތައް އެކީގައި މަސައްކަތް ކުރުމަށް ފުރުސަތުދީ، ސަރުކާރުން ފަށާފައުވާ ޕްރޮޖެކްޓަތައް ކުރިއަށް ގެންދިޔުމަށް ސަރުކާރަށް އެއްބާރުލުން ދެއްވައި، ސަރުކާރާއި ގުޅިގެން މަސައްކަތްކުރާ މެންބަރަކަށް ކަމަށްވެސް އަލީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ