އިންތިހާބުގައި އަލުން ވާދަކުރަން މެމްބަރު ރަޝީދު ހުށަހެޅި މައްސަލަ ކޯޓުން ބަލައެއްނުގަތް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން އިތުރު ފުރުސަތެއް ހޯދުމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހައި ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ.
ޑިމޮކްރެޓްސްގެ ފަރާތުން ހިތަދޫ މެދު ދާއިރާއަށް ރަޝީދު ނަން ހުށަހެޅުއްވުމަށް ފަހު ނަން އަނބުރާ ގެންދެވި އެވެ. ނަމަވެސް މަޖިލިސް އިންތިހާބު ރޯދަމަހުގެ ފަހަށް ބާއްވަން ނިންމުމާ އެކު ކުރުމާ އެކު ރަޝީދު ވަނީ އޭނާގެ ފޯމު އަލުން ބަލައިގަތުމަށް އެދި އިލެކްޝަން ކޮމިޝަނަށް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް  ކޮމިޝަނުން ނިންމީ އެކަން ބަލައިނުގަތުމަށެވެ.
ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވީ ރަޝީދު ހުށަހެޅުއްވި މައްސަލަ އެ ކޯޓަށް ބެލިދާނެ ކަމަށް ނުފެންނަ ކަމަށެވެ. އެއީ އިންތިހާބުގައި ކުރިމަތިލުމަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅޭ ގޮތުން ކޮމިޝަނުން ނިންމާ ނިންމުމާ ބެހޭ މައްސަލަ ހުށަހަޅަން ޖެހެނީ ސުޕްރީމް ކޯޓަށް ކަމަށްވާތީ ކަމަށް ނިންމުމުގައިވެ އެވެ.
އިންތިހާބު ބާއްވާ ތާރީހު ފަސްކުރި ނަމަވެސް، އިންތިހާބަށް އަލުން ވާދަކުރުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފައެއް ނުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ފުރަތަމަ ތާވަލުކުރީ މި މަހުގެ 17 ވަނަ ދުވަހު އެވެ. ނަމަވެސް، މަޖިލީހުން ވަނީ ރޯދަމަސް ތެރޭގައި އިންތިހާބު ނުބޭއްވޭ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްފަ އެވެ.
އެ އިސްލާހުގެ ދަށުން އިލެކްޝަން ކޮމިޝަނުން ވަނީ އަންނަ މަހުގެ 21 ވަނަ ދުވަހަށް އިންތިހާބު ފަސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ