ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރުން 3 ރަށެއްގައި

މި އަހަރުގެ ބޮޑު އީދު ވެސް ކުލަގަދަކޮށް ފާހަގަ ކުރަން ބޭނުންވާ ރަށްރަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހެރިޓޭޖް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ބުނީ ބޮޑު އީދު ކުލަގަދަކޮށް މިނިސްޓްރީން ފާހަގަކުރަން ނިންމާފައި ވަނީ ތިން ރަށެއްގައި ކަމަށެވެ. އަދި ރަށްތައް ހޮވާނީ އެންމެ ރަނގަޅު ޕްރޮޕޯސަލްތަކަށް ބަލައިގެން "ޤައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރާ ރަށްތައް ކަނޑައެޅުމުގައި ޢަމަލު ކުރާނެ ގޮތުގެ އުޞޫލު" ގެ ދަށުން ކަމަށް މިނިސްޓްރީން ބުންޏެވެ.
އެހެންވެ ޝައުގުވެރިވާ ރަށްރަށަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 1 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
މިކަމަށް މިނިސްޓްރީން ފަރާތުން ވިލަރެސްވެރިއެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ހެރިޓޭޖް މިނިސްޓްރީގެ އިވެންޓްސް އެންޑް އައުޓްރީޗު ސެކްޝަންގެ ޑެޕިއުޓީ ޑިރެކްޓަރު ޢައްބާސް މުޙައްމަދެވެ. މިކަމާ ބެހޭ މައުލޫމާތު އޭނަގެ ނަމްބަރު 7930101 އަށް ގުޅައިގެން ހޯދޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ