ގްލަަސްގޯ، ސްކޮޓްލެންޑް (އޭޕްރީލް 26) - ޑަންޑީ ޔުނައިޓެޑްގެ މައްޗަށް 5-0 އިން ކުރިހޯދައި، ސެލްޓިކުން ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ސްކޮޓިޝް ޕްރިމިއާޝިޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މިއީ، ފާއިތުވި 14 އަަހަރު ތެރޭ އެ ޓީމުން ޗެމްޕިއަންކަން ހޯދި 13 ވަނަ ފަހަރެވެ. މުޅި ތާރީހަށް ބަލާއިރު، ސްކޮޓްލެންޑުގެ ލީގު ތަށި ސެލްޓިކުން ހޯދި 55 ވަނަ ފަހަރެވެ. ސެލްޓިކުގެ އެންމެ ބޮޑު ވާދަވެރިން ކަމަށްވާ ރޭންޖާސް އިން ވެސް ވަނީ ހަމަ އެ އަދަދަށް ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ.
އަމިއްލަ ދަނޑުގައި ޑަންޑީ އަތުން ހޯދި ބޮޑު މޮޅާ އެކު، ސެލްޓިކުން ލީގު ޗެމްޕިއަންކަން ޔަގީން މި ކުރީ ބާކީ ހަތަރު މެޗު އޮއްވަ އެވެ. ދެ ވަނައިގައި އޮތް ރޭންޖާސް އާއި ސެލްޓިކާ ދެމެދު 18 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ރޭންޖާސް އިން ފަސް މެޗުން މޮޅުވިޔަސް، ދެން، ސެލްޓިކް އަތުވާނެ ގޮތެއް ނެތެވެ.
ޑަންޑީ ކޮޅަށް ސެލްޓިކުން ޖެހި ފަސް ގޯލުގެ ތެރެއިން ހަތަރު ގޯލު ޖެހީ، ނިކޮލަސް ހޫން އާއި އެޑަމް އިޑާ އެވެ. މީގެއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލު ޖަަހައިފަ އެވެ. މެޗުގައި ސެލްޓިކުން ލީޑުނެގީ ޑަންޑީގެ ރަޔާން ސްޓްރެއިން އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.
މިދިޔަ ނުވަ ސީޒަނަށް ބަލާއިރު، ހަ ސީޒަނެއްގައި ސްކޮޓްލެންޑްގެ ތިން މުބާރާތުގެ ތަށި، ސެލްޓިކުން ހޯދި އެވެ. މި ސީޒަނުގެ ލީގާއި ލީގު ކަޕް ސެލްޓިކުން ވަނީ ޔަގީންކޮށްފަ އެވެ. ސްކޮޓްލެންޑްގެ އެފްއޭ ކަޕް ފައިނަލުގައި ސެލްޓިކުން އަންނަ މަހު 24 ގައި އެބަޑީންއާ ކުޅޭނެ އެވެ.
ސެލްޓިކްގެ ދިގު ތާރީހުގައި، އެ ޓީމަށް އިރުޝާދުދިން ކޯޗުންގެ ތެރެއިން މި ވަގުތު ދުނިޔޭގެ ތިބި ކޯޗުންނަށް ބަލާއިރު، އެންމެ ކާމިޔާބު އެއް ކޯޗަކީ، މި ވަގުތު އެ ޓީމާ ހަވާލުވެހުރި ބްރެންޑަން ރޮޖާސް އެވެ. އޭނާގެ ކޯޗުކަމުގައި ސެލްޓިކުން 11 ތަށި ވަނީ ހޯދައިފަ އެވެ. މިއީ، އޭނާ ސެލްޓިކަށް ކޯޗުކޮށްދޭ ދެ ވަނަ ފަހަރެވެ. ކުރިން ލިވަޕޫލަށް ވެސް ކޯޗުކޮށްދިން ރޮޖާސް ވަނީ، 2016-2019 އަށް ވެސް ސެލްޓިކަށް ކޯޗުކޮށްދީފަ އެވެ. އަލުން، އެ ޓީމާ ހަވާލުވީ، 2023 ވަނަ އަހަރު އެވެ.
ސެލްޓިކުން ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ސްކޮޓްލެންޓްގެ ޗެމްޕިއަންކަން ހޯދައިފި ސެލްޓިކުން ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ސްކޮޓްލެންޓްގެ ޗެމްޕިއަންކަން ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ