ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން އަށެއްގައި ކުޅުނު ފަހު މެޗުތަކުން މޮޅުވެ، މި ޒޯނުގެ ފައިނަލުން ވިލިމާލެ އާއި މައްޗަންގޯޅި ޖާގަ ހޯދައިފި އެވެ.
މާލެ ޒޯނުގެ ފަހު މެޗުތައް ރޭ ކުޅުނުއިރު، ވިލިމާލެ އިން މާފަންނުގެ މައްޗަށް ކުރިހޯދީ 4-0 ގެ ނަތީޖާ އަކުންނެވެ. އަދި މައްޗަންގޯޅިން ވަނީ ހުޅުމާލެ އަތުން 3-1 އިން މޮޅުވެފަ އެވެ.
މި ނަތީޖާތަކާ އެކު ވިލިމާލެ އިން މި ޒޯނުގެ ލީގު ބުރުގެ އެއް ވަނަ ހޯދީ ތިން މެޗުން މޮޅުވެ، ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނަ އަށް ދިޔަ މައްޗަންގޯޅި އަށް ތިން މެޗުން ހަ ޕޮއިންޓް ލިބުނެވެ. އަދި ތިންވަނައިގައި އޮތް މާފަންނަށް ތިން މެޗުން ތިން ޕޮއިންޓް ވަނީ ލިބުނުއިރު، ހުޅުމާލެ ކެޓީ ތިން މެޗުން ވެސް ބަލިވެގެންނެވެ.
ރޭގެ މެޗުގެ ފުރަތަމަ މިނިޓްގެ ތެެރޭގައި ވިލިމާލެ އިން ވަނީ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ އަބްދުالله މުއާޒް (އޮޓޯ) އެވެ. ވިލިމާލެ އިން ދެން ޖެހި ތިން ގޯލު ވެސް ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގަ އެވެ.
އެ ޓީމަށް ލީޑު ފުޅާކޮށްދިނީ ދެވަނަ ހާފުގެ ކުރީކޮޅު އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) ޖެހި ގޯލުންނެވެ. އަދި ދެ ވަނަ ހާފުގެ އަށް ވަނަ މިނިޓްގައި ވިލިމާލެ އިން ޖެހި ތިން ވަނަ ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަބްދުالله ޝައްފާން (ޝާކާ) އެވެ. މެޗުގެ ފަހު މިނިޓްގައި ވިލިމާލޭގެ ހަތަރު ވަނަ ގޯލު އެ ޓީމަށް ޖަހައިދިނީ މުހައްމަދު އައިމަން އަލީ އެވެ.
ރޭގެ މެޗުގައި މައްޗަންގޯޅިން ޖެހި ތިން ގޯލު ވެސް އެ ޓީމަށް ޖަހައިދިނީ މުހައްމަދު ނަޒާމް އެވެ. ހުޅުމާލެ އިން ޖެހި ހަމައެކަނި ގޯލު މެޗުގެ ފަހު ވަގުތުގައި އެ ޓީމަށް ޖަހައިދިނީ މުހައްމަދު ފާލިލް ފާއިގް އެވެ.
މި ޒޯނުގެ ފައިނަލް މެޗު އޮތީ އަންގާރަ ދުވަހުގެރޭގަ އެވެ.
މި ފަހަރުގެ މުބާރާތުގެ ގަދަ 16 އިން ޖާގަ ޔަގީންކުރި ޓީމުތަކަށް ބަލާއިރު ހިމެނެނީ، ރ. އިނގުރައިދޫ، ރ. ދުވާފަރު، ބ. އޭދަފުށި، ކ. ކާށިދޫ، އއ. މަތިވެރި، ފ. ދަރަނބޫދޫ، ދ. ކުޑަހުވަދޫ، ތ. ތިމަަރަފުށި، ލ. ގަން، ގދ. ވާދޫ، ދަޑިމަގު، ވިލިމާލެ، މައްޗަންގޯޅި އެވެ.
20:00: ޒޯން ހަތަރެއް: އއ. މަތިވެރި - އދ. މަހިބަދޫ
20:00: ޒޯން ހަތަރެއް: އދ. މަންދޫ - އއ. ތޮއްޑޫ
21:00: ޒޯން އެކެއް: ހދ. ނޭކުރެންދޫ - ހދ. ނައިވާދޫ
21:00: ޒޯން އެކެއް: ހއ. ދިއްދޫ - ހއ. ވަށަފަރު
22:00: ޒޯން ދޭއް: ށ. ކަނޑިތީމު - ނ. މިލަދޫ
22:00: ޒޯން ދޭއް: ރ. އިނގުރައިދޫ - ރ. ދުވާފަރު
ގޯލްޑަން ފުޓްސަލް ޗެލެންޖް: މާލެ ޒޯނުން ފައިނަލަށް ދަތުރުކުރީ ވިލިމާލެ އާއި މައްޗަންގޯޅި ގޯލްޑަން ފުޓްސަލް ޗެލެންޖް: މާލެ ޒޯނުން ފައިނަލަށް ދަތުރުކުރީ ވިލިމާލެ އާއި މައްޗަންގޯޅި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ