ރޯދަ މަހު ކަރާ ފަޅައިގެން ދިރާގު ކަސްޓަމަރުންނަށް ސްވިޒަލޭންޑަށް ދިއުމުގެ ފުރުސަތު ރޯދަ މަހު ކަރާ ފަޅައިގެން ދިރާގު ކަސްޓަމަރުންނަށް ސްވިޒަލޭންޑަށް ދިއުމުގެ ފުރުސަތު

ރޯދަ މަހަށް ހާއްސަކޮށްގެން ދިރާގު އެޕުން ކަރާ ފަޅައިގެން ސްވިޓްޒަލޭންޑަށް ދިއުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.
ދިރާގުން ބުނީ އެ އަގުހުރި އިނާމުގެ ނަސީބުވެރިއަކަށް ހޮވޭ ކަސްޓަމަރަށް ސްވިޒަލޭންޑަށް ދިއުމަށް ދެ މީހުންގެ ދެކޮޅު ޓިކެޓާއި ފަސް ރޭގެ ހުރުން ދޭނެ ކަމަށެވެ.
ޕްރޮމޯޝަންގައި ބައިވެރިވުމަށް ރޯދަ މަހުގެ ކޮންމެ ދުވަހަކު ދިރާގު އެޕްގައިވާ "ރަމަޟާން އޮފާސް" ބެނާއަށް ފިއްތާލުމުން ފެންނަ ދުވަހަކަށް ހާއްސަ ކަރާ ފަޅާލުމުން ބައިވެރިވެވޭނެ އެވެ.
މީގެ އިތުރުން ކޮންމެ ދުވަހަކު ދިރާގު އެޕުން ކަރާ ފަޅައިގެން ދެ ޖީބީ ހިލޭ ޑޭޓާ އަދި ވަކި އަދަދަކަށް ކަރާ ފަޅައިގެން ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވައިލައިފައެވެ.
ކަރާ ފަޅައިގެން ލިބޭ އިނާމުތަކުގެ ތެރޭގައި، 10 ޖީބީ ހިލޭ ޑޭޓާ، އެއާޕޮޑް، ސެމްސަން އެސް 25 ފޯން އަދި އެއް ޓީބީ ހިލޭ ޑޭޓާ ހިމެނެ އެވެ.
ދިރާގުން ކޮންމެ ރޯދަ މަހަކާ ދިމާކޮށް ކަސްޓަމަރުން ޝައުގުވެރިވާ ގިނަ ޕްރޮމޯޝަންތައް ހިންގައި ހެޔޮ އަގުގައި ގިނަ އޮފާތަކާއި އިނާމުތައް ލިބޭ ފުރުސަތު ހުޅުވާލަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ