ބްރެޒިލްގެ ތަރި ނޭމާ 12 އަހަރަށްފަހު އެނބުރި އައިސް ސަންޓޯސްއަށް ކުޅެން ފެށުމުން ކުރެވޭ އިހްސާސްތައް ބުނަންވެސް ނޭންގޭ ކަމަށް އޭނާ ބުނެފިއެވެ.
އުމުރުން 33 އަހަރުގެ ނޭމާ ބްރެޒިލްގެ ކުލަބު ސަންޓޯސް އާއި ގުޅުނީ 31 ޖެނުއަރީގައެވެ. އެއީ އޭނާ އެންމެ ފަހުން ކުޅެމުންދިޔަ ކުލަބު ސައުދީ އަރަބިއްޔާގެ އަލް ހިލާލާއި އެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށްފަހުއެވެ. ނޭމާ ސަންޓޯސް ދޫކޮށްލީ މީގެ 12 އަހަރު ކުރިން 2013 ގައި ބާސެލޯނާ އާއި ގުޅުމަށެވެ.
ސަންޓޯސް އާއި އަލުން ގުޅުމަށްފަހު ކުޅުނު ފުރަތަމަ މެޗުގައި ނޭމާ ކުޅެން އެރީ ދެވަނަ ހާފުގައެވެ. އޭ ބޮޓަފޯގޯ އާއި ދެކޮޅަށް ކުޅުނު އެ މެޗަށްފަހު ނޭމާ ބުނީ ސަންޓޯސް ދެކެ ވަރަށް ލޯބިވާ ކަމަށެވެ. އެހެންނަމަވެސް މިވަގުތު އޭނާއަށް 100 ޕަސެންޓް ނުދެއްކޭނެ ކަމަށާއި އެ މެޗުގައި މާ ބޮޑަ ދުވެ ބޯޅަ ގެންގުޅެވޭނެ ކަމަށް ހީ ނުކުރާކަމަށެވެ. އަދި އޭނާއަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.
މެޗަށްފަހު ބޮޓަފޯގޯގެ ކުޅުންތެރިންނާއި ކުލަބުގެ މެންބަރުން އަދި ބެކްރޫމް ސްޓާފުން ވަނީ ބްރެޒިލްގެ ކުރީގެ ކެޕްޓަން ނޭމާ އާއިއެކު ފޮޓޯ ނެގުމަށް ދަނޑަށް އަރާފައެވެ.
ނޭމާ ވަނީ ސަންޓޯސް އަށް ހަ ޓްރޮފީ ހޯދާފައެވެ. އުމުރުން 21 އަހަރުގައި ނޭމާ ސަންޓޯސް ދޫކޮށް ދިޔައީ 225 މެޗުގައި 136 ގޯލު އެކުލަބަށް ކާމިޔާބުކޮށްދިނުމަށްފަހުއެވެ.
ސަންޓޯސްއަށް އަލުން ކުޅެން ފެށުމުން ކުރެވޭ އިހްސާސްތައް ބުނަންވެސް ނޭންގޭ: ނޭމާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ