ހަމަލަތަކާހެދިި ޕާކިސްތާނުގައި ތިބި ދިވެހި ދަރިވަރުން ރާއްޖެ އަންނަން އެދެން ފަށައިފި
އަވައްޓެރި އިންޑިއާއާއި ޕާކިސްތާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ބިރުވެރިކަމެއްގެ ތެރޭގައި ތިބި ގިނަ ދިވެހި ދަރިވަރުން ޕާކިސްތާނުން އެނބުރި ރާއްޖެ އައުމަށް އެދެން ފަށައިފިއެވެ. އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ސަރަހައްދަސް މިދިޔަ މަހު ދިން ޓެރަރިސްޓު ހަމަލާގައި 26 މީހުން މަރުވި ހާދިސާއާ ގުޅިގެން އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން ވަނީ ގޯސްވެފައެވެ. އެ ހަމަލާގެ ފަހަތުގައި ޕާކިސްތާން އޮތްކަމުގެ ހެއްކެއް އިންޑިއާއިން ދައްކާފައެއް ނުވެއެވެ. ނަމަވެސް ހަމަލާ ދިން ކަމަށް ތުހުމަތުކުރަނީ ޕާކިސްތާނަށެވެ. އެ ހަމަލާ ދިން ބަޔަކު އިންޑިއާއަށް ހޯދިފައެއް ވެސް ނުވެއެވެ. ނަމަވެސް އިންޑިއާއިން ފުރަތަމަ ދިން މިސައިލް ހަމަލާއެކު މިރޭ ޕާކިސްތާނުން ވެސް ވަނީ ޑްރޯން ދެމެދުގައި ދަނީ ހަމަލާތައް ބަދަލުކުރަމުންނެވެ. ޕާކިސްތާނުގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ބައެއް ދަރިވަރުންގެ އާއިލާތަކުން ސޯޝަލް މީޑިއާގައި ކުރަމުން އަންނަ ޕޯސްޓުތަކުގައި ވަނީ އެ ހަމަނުޖެހުންތަކުގެ ސަބަބުން ޕާކިސްތާނުގެ ޕުންޖާބު ޕްރޮވިންސް މިހާރު އިމަޖެންސީ ހާލަތުގައި އޮތް ކަމަށެވެ. އަދި ޕާކިސްތާނުގެ މީޑިއާއިން އެ ސިޓީއަށް ހުރި ނުރައްކާ ރިޕޯޓުކުރަމުންދާތީ އެ ސަރަހައްދުގައާއި، އެ ގައުމުގައި ތިބި ދަރިވަރުން އެނބުރި ރާއްޖެއަަށް އަންނަން ބޭނުންވެފައިވާކަމަށް ބުނެފައިވެއެވެ. އެކަމުގައި ފޮރިން މިނިސްޓްރީއިން އަދި ސީދާ އަމަލުކުރާނެ ގޮތެއް ނާންގާ ކަމަށާއި އެކަން ބަލަމުންދާކަމަށް ބުނުން ފިޔަވާ އިތުރު އެއްޗެއް ނުބުނާ ކަމަށް ދަރިވަރުން ވަނީ ބުނެފައެވެ. ކަޝްމީރަށް ދިން ހަމަލާގައި އިންޑިއާގެ 25 ރައްޔިތަކާއި ނޭޕާލް އެކަކު ވަނީ މަރުވެފައެވެ. އޭގެ ރައްދުގައި، "އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި ޕާކިސްތާނާ ދެކޮޅަށް އިންޑިއާ ސިފައިން ފަށައިގެން އުޅޭ އަސްކަރީ އޮޕަރޭޝަނުގައި ޕާކިސްތާނުގެ 12 މީހުން މަރުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ