ތިމާއަށް އެއްވެސް ފައިދާއެއް ނެތް، ޘަވާބު ނުލިބޭނެ ކަންކަން ކުރުމުގައި، އެފަދަ ޓީވީ ޕްރޮގްރާމްތަކުގެ އަވާގައި ޖެހި ރޭ އަޅުކަމުން މަޙްރޫމް ވެގެން ތިބެން ހެޔޮ ނުވާނެއެވެ. އެފަދަ މީހުންނަށް އެމީހުންގެ ބޭނުންތަކުގެ ވާހަކަ ﷲ ތަޢާލާގެ ޙަމްރަތުގައި ދެންނެވޭނެ ހެއްޔެވެ؟
ޒުވާންކަން ގެއްލިގެންދާއިރުވެސް ޢުމުރުން ދުވަސްވެ މުސްކުޅިވާއިރުވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކު ވަނީ ޣާފިލުކަމުގައެވެ. ރޭއަޅުކަމުގައި ބައިވެރިވަނީ މަދު ބައެކެވެ. އެންމެ ކުޑަމިނުން ވިތުރިކުރަނީ ވެސް މަދުބައެކެވެ.
ރޭގަނޑު ނުނިދައި މަޑުކުރާނަމަ މަޑުކުރަންވީ ކޮފީތަކުގައި، ކުޅިވަރުކުޅުމުގައި ނުވަތަ ތިމާއަށް ފައިދާއެއް ނެތް ޕްރޮގްރާމްތައް ބަލާކަށް ނޫނެވެ. ސޯޝަލް މީޑިއާގައި ވަގުތު ހޭދަކުރާކަށް ނޫނެވެ. ގޭމް ކުޅުމަކަށް ނޫނެވެ. ކުރަން އޮތް ކަމަކީ ތިމާއަށް ފައިދާ ކުރާނެ ކޮންމެވެސް ކަމެއް ކުރުމެވެ. މާނައަކީ ﷲ ތަޢާލާ ސަވާބު ދެއްވަވާނެ ކޮންމެވެސް އަމަލެއް ކުރުމަށް ނޫނީ ހޭލައި ނުތިބޭށެވެ!
އާދޭސްކޮށްފައި ބުނަމެވެ. އެންމެ މަދުމިނުން ވިތުރި ނަމަވެސް ނުކޮށް ނުތިބޭށެވެ! ނިދާފައި ހޭލެވޭނެ ކަމުގެ ޔަޤީންކަން ނެތްނަމަ ނިދުމުގެ ކުރިން ވިތުރިކުރާށެވެ! ވިތުރި ނުކޮށް ނުނިދަން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ވަޞިއްޔަތްފުޅު ކުރައްވަވައިފައެވެ. އެއީ އެކަންކުރުމުން އަހުރެމެންނަށް ދުނިޔެއާއި އާޚިރަތުގައި ކުރާނެ ބޮޑު ފައިދާއަށްޓަކައެވެ.
ވީމާ ލިބިގަތުން އޮތީ އަހުރެމެންގެ އަތްމަތީގައެވެ. އޮތީ ހީވާގިވާން ކެރުނު ވަރެކެވެ! މަސައްކަތް ނުކޮށް ކަންނެތްވެ ތިބެގެން ދިރިއުޅުމުގައި ހުރި ދަތިދަތިތަކުގެ ވާހަކަ ދައްކަން ލަދުގަންނަން ޖެހޭނެއެވެ. ހުރިހާ ކަމަކަށްވެސް މަގުފަހިވާން އޮތީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުނުވަރަކުންކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
ދިރިއުޅުމަށް ހެޔޮގޮތްތައް މެދުވެރިވުމަށް އެދޭމީހާ އެންމެ މަދުމިނުން ވިތުރި ނަމަވެސް ކުރަން އާދަކުރާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ