ހައްޖާއި އުމްރާގެ މައުލޫމާތު ފޯރުކޮށްދިނުމަށް “ހާޖީ އެމްވީ”ގެ ނަމުގައި އިސްލާމިކް މިނިސްޓްރީން ޚާއްސަ އެޕެއް ތައާރަފުކޮށްފިއެވެ.
މި އެޕް ލޯންޗުކޮށްދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މޫސާ އަންވަރު ޙަސަންއެވެ.
އިސްލާމިން މިނިސްޓަރު ޑރ. ޝަހީމް މުހައްމަދު އަލީ ސައީދު ވިދާޅުވީ މި އެޕްގައި ހިމެނޭ ހުރިހާ މައުލޫމާތަކީ މިނިސްޓްރީން ފާސްކޮށްފައިވާ މައުލޫމާތު ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ހާޖީ އެމްވީ އެޕަކީ ފަސޭހައިން ހައްޖާއި އުމްރާއާ ބެހޭ މައުލޫމާތު ލިބިގަތުމަށް އެކުލަވާލާފައިވާ އެޕެއް ކަމަށެވެ. އޭގެ އިތުރުން ޒިކުރުކުރުމާއި، ޠަވާފާއި ސަޢުޔުގެ އަދަދު ކަށަވަރު ކުރާނެ ގޮތާއި، ޤުރުއާނާއި ސުންނަތުން ސާބިތުވާ ދުއާތައް އެ އެޕް މެދުވެރިކޮށް މި އެޕުން ލިބޭނެކަމަށް މިނިސްޓްރީން ބުނެއެެ. އަދި ހައްޖާއި އުމްރާއާ ގުޅޭ މައުލޫމާތު ހިމެނޭ ވީޑިއޯގެ އިތުރުން މައްކާއާއި މަދީނާގެ އިސްލާމީ ތާރީޚާ ބެހޭ ވީޑިއޯ ވެސް އެ އެޕް މެދުވެރިކޮށް ބަލައިލެވޭނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މި އެޕްގެ ސަބަބުން ދުއާ ފޮތްތަކާއި، ހައްޖާއި އުމްރާއާއި ބެހޭ ފޮތްތަކާ ނުލައި، ކުރިއަށް އޮތް ތަނުގައި ފޯނު އެކަނި ބޭނުންކޮށްގެން ދީނީ ތަފާތު މައުލޫމާތު ހޯދޭނެއެވެ. މިއީ އުމްރާވެރިންނާއި ހައްޖާޖީންނަށް ލިބުނު ވަރަށް ބޮޑު ލުއިފަސޭހައެކެވެ.
މިނިސްޓްރީން ބުނި ގޮތުގައި މިއަދު ނެރުނީ އެ އެޕްގެ ފުރަތަމަ ވާޝަންއެވެ. އެހެންކަމުން އެ އެޕް އިތުރަށް ތަރައްގީކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި އެޕް މިހާރު ފޯނުތަކަށް ލިބޭނީ ގޫގުލް ޕްލޭސްޓޯރުންނެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އެޕަލް އެޕް ސްޓޯއިން “ހާޖީ” އެޕް ލިބޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އަރުތަވެރިންގެ އިނާމު 2024 ގެ ފަސްވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވެވީ ރައީސް އޭލެވެލްއިން ސްކޫލް ނިމޭ ގޮތަށް މި ދައުރުގައި ހަދަނީ ރިޔާސީ އިންތިޚާބުގައި ޞާލިޙް ވާދަކުރައްވާނެކަން އިއުލާނު ކުރައްވައިފި މާލޭ ގެއެއްގެ 2 ވަނަ ފަންގިފިލާއިން އަންހެނަކު ވެއްޓި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ