ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެ ޕާޓީ އަށް ސޮއިކުރައްވުމުގެ ހާއްސަ ޖަލްސާ އަށް ސަލްޓަން ޕާކުގެ އިވެންޓް ބާއްވާ ތަން ދޫކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރޭ ވިދާޅުވީ ސަލްޓަން ޕާކު މަރާމާތުކުރަން ސިޓީ ކައުންސިލުން އެ ތަން އެ މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ. އޭގެ ފަހުން އެއްވެސް ބަޔަކަށް އެ ތަން ކުއްޔަށް ދީފައިނުވާ ކަމަށާއި ކުއްޔަށް ދިނުމަށް އުސޫލެއް ކަނޑައަޅާފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.
އެހެންނަމަވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީން އިވެންޓެއް ބޭއްވުމަށް މާލެއިން ތަނެއް ހަމަނުޖެހިގެން އެތަން ހޯދުމަށް އެދިފައިވާތީ ސަލްޓަން ޕާކުގެ އިވެންޓް ބާއްވާ ތަން އެޕާޓީއިން އެދިފައިވާ ގޮތަށް ދިނުމަށް ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ކުރީގެ ރައީސް ނަޝީދާއި ޑިމޮކްރެޓްސް ޕާޓީގެ އެހެން ގިނަ މެމްބަރުންތަކެއް އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުން ކުލަގަދަކޮށް ފާހަ ގަކުރުމާއި އެމްޑީޕީގެ އަހަރީ ދުވަހުގެ ހަފުލާތަކަށް ސަރުކާރުން ތަނެއް ނުދިން ކަމަށް ވިދާޅުވެ، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މީގެ ކުރިން ވިދާޅުވީ ނަޝީދަށް އެމްޑީޕީން މަރުހަބާ ދެންނެވުމުގެ ހަފުލާ އަށް އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ސަރުކާރުން ތަނެއް ނުދައްކައިފި ނަމަ އެ ހަފުލާ ބާއްވާނީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭގެ ކަންމަތީގައި ކަމަށެވެ.
ކުރިން ހުއްދަ ހޯދުމަކާ ނުލައި މާލޭގައި މީގެ ކުރިން އެއްވުން ބޭއްވެނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް ވިޔަސް މިދިޔަ މެއި މަހުން ފެށިގެން ހޯމް މިނިސްޓްރީން ވަނީ އިތުރު ތިން ތަނެއް ކަނޑައަޅައިފަ އެވެ. އެއީ ރަސްފަންނު ސަރަހައްދާއި މާލޭގެ ހުޅަނގު ދެކުނުން ހިއްކި ސަރަހައްދު ނުވަތަ އިންޑަސްޓްރިއަލް ވިލެޖު އަދި އުސްފަސްގަނޑެވެ.
އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުން ފަށައިފި ހުއްދައާ ނުލައި އެއްވުންތައް ބޭއްވޭ ތަންތަން ބޭނުންކުރެވޭނެ- ހީނާ ޓަވަރުތަކުގައި ބާކީ އޮތީ ޔޫޓިލިޓީ ކަނެކްޝަންތަކުގެ މަސައްކަތް ފުރިހަމަކުރުން- ހަމްދާން ފުލެޓުތަކުގެ މަސައްކަތް ކުރިއަށްދާ ފެންވ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ