ބަނޑިދޫގައި ގާއިމުކުރާ އައިސް ޕްލާންޓުގެ ބިންގާ އަޅައިފި ބަނޑިދޫގައި ގާއިމުކުރާ އައިސް ޕްލާންޓުގެ ބިންގާ އަޅައިފި

ދ. ބަނޑިދޫގައި ތަރައްގީކުރާ އައިސް ޕްލާންޓުގެ ބިންގާ މިއަދު އަޅައިފި އެވެ.
ބަނޑިދޫއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުފުޅުގެ ތެރެއިން އައިސް ޕްލާންޓްގެ ބިންގާ އަޅުއްވާދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އަދި މިފްކޯގެ ސީއީއޯ ޑރ. ވިތާލީ ލުބިމޮފް އެވެ.
އެ މަޝްރޫއުގެ ދަށުން 30 މެޓްރިކް ޓަނުގެ ފްލޭކްސް އައިސް ޕްލާންޓަކާއި 50 މެޓްރިކް ޓަނުގެ އައިސް ސްޓޯރޭޖެއް ގާއިމުކުރާނެ އެވެ.
ސަރުކާރުގެ ޕީއެސްއައިޕީން ހަރަދުކުރާ އެ މަޝްރޫއު ނިންމާލެވޭނެ ކަމަށް ކަނޑައަޅާފައި ވަނީ 240 ދުވަހެވެ.
އެ އައިސްޕްލާންޓު ތަރައްގީކޮށް ނިމުމުން ބަނޑިދޫގެ ރައްޔިތުންގެ އިތުރުން އެ ސަރަހައްދުގެ ރައްޔިތުން ދުރަށް ދަތުރުކޮށްގެން އައިސް ހޯދުމުގެ ތަކުލީފު ނިމުމަކަށް އަންނާނެ ކަމަށް މިފްކޯއިން ބުންޏެވެ.
ފެބްރުއަރީ 15، ގައި ފެނަކައިން ހިންގުން ހުއްޓާލާފައިވާ 14 އައިސް ޕްލާންޓު މިފްކޯގެ ދަށަށް ބަދަލުކޮށް ހިންގަން ވަނީ ފަށާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ