ރައީސް ޑރ. މުހައްމަދު މުއިއްޒު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އައު ޓާމިނަލް މަސައްކަތް ކުރިއަށް ގެންދާ ގޮތް ބައްލަވާލައްވައިފި އެވެ.
ރައީސް މުއިއްޒުގެ އެ ޒިޔާރަތުގައި ވީއައިއޭގެ އައު ޓާމިނަލްގެ މުހިންމު ސަރަހައްދުތަކަށް ވަޑައިގެން މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާއި މަސައްކަތް ރޭވިފައިވާ ގޮތާ ބެހޭ މައުލޫމާތު އޮޅުންފިލުވާފައިވެ އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ ވީއައިއޭގެ އައު ޓާމިނަލްގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށް ގެންގޮސް އޮކްޓޯބަރު މަހު ނިންމާލައި ހިދުމަތް ދޭން ތައްޔާރުވަމުންދާ ކަމަށެވެ.
އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އައު ޓާމިނަލް ނިމުމުން ވީއައިއޭއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދަތުރުވެރިންނަށް ދޭ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް މަގުފަހިކޮށްދޭނެ ވީއައިއޭގެ ޒަމާނީ ޓާމިނަލް ފަރުމާކޮށްފައި ވަނީ ރާއްޖޭގެ ރީތިކަމާއި ތާރީހާއި ސަގާފަތް ރަމްޒުކޮށްދޭ ގޮތަށެވެ.
ޖުމްލަ 72،000 އަކަފޫޓު ބޮޑުމިނުގެ އެ ޓާމިނަލްގައި 47 ޗެކިން ކައުންޓަރާއި, ހަ ސެލްފް ސާވިސް ކިއޮސްކް އާއި ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމެއް އަދި އެޑްވާންސްޑް ސެކިއުރިޓީ ސްކްރީނިން ނިޒާމެއް ގާއިމުކުރާނެ އެވެ.
ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ