ސިޔާސީ ޝޭހުންނަށް ގަބުރުސްތާން ވަގުފުބިމަކަށްވީ އާޒިމާއި ޖެހުމުން!

މާފަންނު ސަހަރާ ހުރި ބިމުގައި ބައިބަލާ ކުޅޭ ތަނެއް ހަދާކަށް ސިޓީ ކައުންސިލުން އެއްވެސް ބަޔަކަށް ހުއްދައެއް ނުދެއެވެ. ބައިބަލާ ކުޅުމަށް އެތަން ބޭނުންކުރުމުގެ ޒުވާނުންގެ ބަޔަކަށް ހިޔާލުދިނީ މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރކަމުން އިސްތިއުފާދީ ވަޒީރުންގެ ފެންވަރުގައި މުއިއްޒު ސަރުކާރުގެ ޔޫތު މިނިސްޓްރީއާއި ގުޅުނު ނަރީޝް ކަމަށް މައުލޫމާތު ލިބިއްޖެއެވެ. ނަރީޝް އެގޮތަށް ކަންތައްކުރީ މާލޭ މޭޔަރު އާދަމް އާޒިމުގެ މަގުބޫލުކަން ގެއްލުވާލުމަށާއި އެމްޑީޕީއާއިމެދު ނަފުރަތު އުފެއްދުން ކަމަށްވެއެވެ. 
މުއިއްޒު ސަރުކާރުގެ އިސްބަޔަކު ރާވައިގެން ބަޔަކު ލައްވާ މާފަންނު ސަހާރާއިން ހުސްކުރި ބައިގާ ބައިބަލާ ކޯޓެއް އެޅުވީ ދެވަނަ ދެކަމަކު ނޫނެވެ. ނަފްރަތާއި ފިތުނަ ފެތުރުމަށްޓަކައެވެ. މުއިއްޒުގެ ބޮޓުންތަކާއި ކުލީ ގަލަންތަކަުން އެވާހަކައިން މީސްމީޑިއާ ފްލަޑް ކޮށްލީ އެހެން ވެގެންނެވެ. 
މުއިއްޒުގެ ހީލަތުެ މަޅީގައިޖެހި ދީން ބޮލަށް ލައިގެން އުޅޭ ސިޔާސީ ޝޭހުންގަނޑު ގަބުރުސްތާނާވެގެން އެތިބީ "ކަނޑިކަންފަތް މައްޗަށް ދަމައިގެން"ނެވެ. ގަބުރުސްތާނަކީ މުސްލިމުންގެ ވަގުފު ބިމެއްކަމާއި އެބިމުގައި އެހެން ބޭނުމެއް ކުރުމަށް އެއްވެސް މީހަކަށް ބާރު ލިބިގެން ނުވާކަން އެނގުނީ އާދަމް އާޒިމުގެ މޭޔަރު ކަމުގައި މާފަންނު ގަބުރުސްތާނުން ބައެއް ހުސްކުރާތީއެވެ.
ރައީސް ނާސިރުގެ ވެރިކަމުގެ ކުރިއްސުރެ ފަށައިގެންވެސް މާލޭގެ އެތައް ގަބުރުސްތާނެއް ހުސްކޮށް ގެދޮރު އަޅަން ގޯތިދީ އެތަންތާ ބޮޑެތި އިމާރާތްތައް ކޮށްގެން އުޅޭކަން ސިޔާސީ ޝޭހުންނަކަށް ނޭގެއެވެ. ރައީސް ޔާމީނުގެ ވެރިކަމުއްސުރެ ހެންވޭރު ސަހަރާއާއި މައްޗައްގޮޅި ސަހާރާއާއި މާފަންނު ސަހަރާގެ ބޮޑު ސަރަހައްދެއް ޕާކިންގ ޒޯނުތަކަކަށް ހަދައިގެން ބޭނުން ކުރާމުން އަންނަތަނެއް އެ ޝޭހުންނަކަށް ނުފެނެއެވެ. 
މައްޗަންގޮޅި ސަހަރާގައި މައިޒާނެއް ހަދައިގެން އެތައް އަހަރަކު ބޭނުން ކުރަމުން ދާއިރު ނުފެންނަނީ ސިޔާސީ ޝޭހުންގެ ލޮލަށް މިރުސް އެޅިފައި ތިބެގެން ހެއްޔެވެ. އޭރަކު ގަބްރުސްތާނު ތަކަކީ މުސްލިމުންގެ ވަގުފަކަށް ނުވިއެވެ. ރައީސަށާއި މޭޔަރަށް  އެތަންތަން ހުސްކޮށް އެހެންކަމަކަށް ބޭނުންކުރުން ހުއްދަނޫން ކަމަކަށްވެސް ނުވިއެވެ. 
މާފަންނު ސަހަރާއަކީ 1990 ގެ އަހަރުތަކުން ފެށިގެން މީހުން ވަޅުލުން ހުއްޓާލާފައި އޮންނަ ސަހަރާއެކެވެ. ދަކްތޫރު ޝަހީމްގެ ފަތުވާ ކޮމެޓީން ގަބުރުސްތާން ހުސްކުރުން ހުއްދަ ކަމަށް ބުނެ ފަތުވާދީ ހުއްދަދީފައި ފަހަތުން ޕީއެންސީ ބޮޓުން ނެރެގެން މޭޔަރާ ދެކޮޅަށް ދީނީ ކާޑު ކުޅެނީ ހާދަހާ މުނާފިގުވީމައެވެ. މާފަންނު ސަހަރައިން ހުސްކުރި ބައިގާ ބައިބަލާ ކޯޓެއް އެ އުޅެނިއްޔަކީ ތާކުން މީހަކު ހުއްދައެއް ދީގެނެއްނޫނެވެ. މޭޔަރ އާޒިމް އެކަން ކަށަވަރުކޮށްދެއްވަމުން ވިދާޅުވަނީ އެކަން ހުއްޓުވާނެކަމަށެވެ. އެހެންނަމަވެސް މުއިއްޒުގެ ބޮޓުން ދީނުގެ ނަމުގައި އުފައްދާ ފިތުނައަކަށް ހުއްޓުމެއް ނާދެއެވެ. އެަން ހުއްޓުވާކަށް މުއިއްޒު ނުވެސް އުޅެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ