2022 ވަނަ އަހަރުގެ ޖޫން 21 ވަނަ ދުވަހު ގަލޮޅު ބޯޅަދަނޑު ސަރަހައްދުގައި ބޭއްވި ބައިނަލްއަޤްވާމީ ޔޯގާ ދުވަހުގެ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުމާ ގުޅިގެން ކޮށްފައިވާ ގިނަ ދަޢުވާތަކެއް އަނބުރާ ގެންދިއުމަށް ނިންމާފައިވާކަމަށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް) އިން މިއަދު ހާމަކޮށްފި އެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލައިގައި ދަޢުވާ ލިބިފައިވާ ފަރާތްތަކުން އެދުމުން، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ މައްސަލަ މުރާޖަޢާކޮށްފައި ކަމަށެވެ.
"މުރާޖަޢާގެ ނަތީޖާއެއްގެ ގޮތުން، ހަމައެކަނި ޔޯގާ ދުވަހުގެ ހަރަކާތުގެ ބައިވެރިންނަށް ހަމަލާދީ، އެމީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގައި ސީދާގޮތުން ބައިވެރިވިކަމަށް ހެކި ޤަރީނާ ލިބިފައިވާ މީހުންގެ މައްޗަށް ކުރެވިފައިވާ ދަޢުވާތައް އެކަނި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ" އެބަޔާނުގައި ބުނެފައިވެއެވެ.
މި ނިންމުމަށް ވާސިލުވުމުގައި އެކި ކަންކަމަށް ރިޢާޔަތްކުރެވުނު ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އޭގެ ތެރޭގައި މި ކުށުގެ ޢަމަލު ހިނގާފައިވަނީ ޔޯގާ ދުވަހުގެ ހަރަކާތް ހިންގުމާމެދު އުފެދުނު ޖަޒުބާތުތަކެއްގެ ތެރެއިން ކަމަށްވުމާއި، މައްސަލަ ކޯޓުގައި ކުރިއަށް ނުގެންދެވި ދިގު މުއްދަތެއް ފާއިތުވެފައިވުން ހިމެނެއެވެ. މީގެ އިތުރުން ދަޢުވާލިބޭ ފަރާތްތަކަކީ ކުށުގެ ވެށީގައި އުޅޭ ބަޔަކަށް ނުވުމާއި، އެފަރާތްތަކުން މުޖުތަމަޢުގައި އަދާކުރާ ދައުރަށްވެސް ވަނީ ރިޢާޔަތްކޮށްފައެވެ.
މި ނިންމުމާ ގުޅިގެން، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނާއި، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ކޮށްފައިވާ ދަޢުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ވަނީ ނިންމާފައެވެ. މީގެ ފަހުން ކޯޓުގައި ކުރިއަށްދާނީ ހަމައެކަނި ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސްއެޅުމުގެ ކުށުގެ ދަޢުވާތައްކަމަށް ބުނެފައިވެއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ޔޯގާ ދުވަހުގެ ހަރަކާތާ ގުޅޭ ހަމަނުޖެހުމުގެ މައްސަލައިގައި ގިނަ ދަޢުވާތަކެއް އަނބުރާ ގެންދަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ