އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް އެއްކޮށް ގެއްލުވައިލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި ކައުންސިލް މެންބަރުންގެ އަދަދު މަދު ކުރުމަށް ހުށަހަޅާފައިވާ ގަރާށް ބަހުސްކުރައްވަމުން ފަލާހު ވިދާޅުވީ 2023 ގައި އެމްޑީޕީ ރޫޅާލާނެ ކަމަށް އެ ޕާޓީއާ އަލުން ގުޅެން ނިންމަވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ކަމަށެވެ. އެގޮތުން ހަގީގަތުގައި ވެސް އެ ޕާޓީ ރޫޅާލުމަށްފަހު އެއްލާލައި، މިހާރު އަނެއްކާ އެ ވަޑައިގަތީ ރާވަން ކަމަށެށް ވިދާޅުވި އެވެ.
"ވެރިކަން ކުރީ އެ ޕާޓީގެ ކުރީގެ ރައީސް، ރައީސް ނަޝީދު ފުރަތަމަ ވިދާޅުވީ ރޫޅާލާނަމޭ. ތެދެއް އެއީ ރޫޅާލި 2023 ގައި. ރޫޅާލި. ހަމަ ރޫޅާލީ. ރައީސް ނަޝީދު ވިދާޅުވީ ރޫޅާލާނަމޭ. 2023 ގައި ރުޅާލާފާ އެއްލައިލީ. މިހާރު ރާވަން އެ ވަޑައިގަތީ. އަނެއްކާ ރާވާނެ،" އޭނާ ވިދާޅުވި އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އިޝާރާތް ކުރައްވައި ފަލާހު ވިދާޅުވީ ކައުންސިލް އިންތިހާބު އެމްޑީޕީއަށް ގެއްލުވައިލަން އެ ޕާޓީއަށް ފަސް ފަނި ފޮނުވާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ތިބޭނެ ފަސް ފަނި އެމްޑީޕީއަށް ފޮނުވާފައި. ފަސް ފަނި. މިއަންނަ ލޯކަލް ކައުންސިލް އިންތިހާބު އެއްކޮށް ގެއްލުވައިލާނަން އެމްޑީޕީއަށް. އެއްކޮށް ގެއްލުވައިލާނަން،" އޭނާ ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އަހަރުގެ މާޗު ހިސާބުގަ އެވެ. ދެ ޕާޓީން ވެސް އަންނަނީ އިންތިހާބަށް ތައްޔާރުވުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.
އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި 400 އަށްވުރެ ގިނަ ގޮނޑި އެމްޑީޕީން ކާމިޔާބުކުރި އެވެ. އޭރު އިދިކޮޅުގައި އޮތް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން 325 ގޮނޑި ކާމިޔާބުކުރި އެވެ. ނަމަވެސް، މިހާރު ޕީޕީއެމް ވަނީ އުވާލާފަ އެވެ. އެ ޕާޓީގައި ތިބި މެންބަރުން މިވަގުތު ތިބީ ސަރުކާރު ހިންގާ ޕީއެންސީގަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީއަށް ގެއްލުވައިލާނަން: ފަލާހު ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީއަށް ގެއްލުވައިލާނަން: ފަލާހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ