ރާއްޖޭން މީގެ ކުރިން އަތުލައިގަނެވިފައި ނުވާ ޑުރަގުގެ ބާވަތެއް އަތުލައިގެންފި

މީގެ ކުރިން ރާއްޖެއިން އަތުލައިގަނެވިފައި ނުވާ ޑުރަގުގެ ބާވަތެއް ކުރިއާ މެދުވެރިކޮށް އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފި އެވެ.
މޯލްޑިވްސް ކަސްޓަމްސް އިން ބުނީ، އެ ތަކެތި ފެނިފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ބަލައި ފާސްކުރި ޕާރުސަލްގެ ތެރެއިން ބަހްރެއިނުން ރާއްޖެ ގެނެސްފައިވާ ޕާރުސަލެއްގެ ތެރެއިން ކަމަށެވެ.
އަދި އެ ޕާރުސަލްގެ ތެރެއިން ޑުރަގުގެ ބާވަތެއް ކަމަށްވާ މެތޯފަން (Methorphan) ފެނިފައިވާ ކަމަށާއި މިއީ އެ ބާވަތުގެ ޑުރަގް ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެވުނު ފުރަތަމަ ފަހަރު ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސް އިން ބުނީ ޕާރުސަލްގެ ތެރެއިން އަތުލައިގެން ޑުރަގުގެ ބަރުދަނުގައި ޖުމުލަ 604.50 ގްރާމް ހުރި ކަމަށެވެ. އަދި އެ ތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ