ވޭނަކަށް އަރުވައިގެން ދިޔަ މީހަކު ޕެރަލައިޒް ވި މައްސަލައިގައި އެމެރިކާގައި 5 ފުލުހަކަށް ދައުވާ ކޮށްފި

އެމެރިކާގެ ކަނެޓިކަޓްގައި ފުލުހުންގެ 5 އޮފިސަރަކު މީހަކު ހައްޔަރު ކޮށް ބިޑިއަޅުވާ ވޭނަކަށް އަރުވައިގެން ގެންދިޔަ މަގުމަތީގައި އޭނާ ޕެރަލައިޒް ވުމުން އެ 5 މީހުންނަށް ދައުވާ ކޮށްފިއެވެ.
މިހާދިސާ ހިނގަން މެދުވިވި ކަމަށް އޮފިޝަލުން ބުނެފައި ވަނީ، ދެއަތް ފުރަގަހަށް ލައި ބިޑި އެޅުވުމަށް ފަހު އެމީހާ ވޭނަށް ލައިގެން ދަމުން ޑްރައިވަރު ކުއްލިއަކަށް ބްރޭކް ޖެއްސުމާއެކު އެ މީހާ ވިއްސައިގެން ގޮސް ވޭނުގެ އެއްފަރާތުން ބިތުގައި ޖެހުނުލެއް ބާރު ކަމުގެ ސަބަބުން ކަމަށެވެ.
އެއާއެކު އޭނާ ހަރަކާތް ނުކުރާތީ، ފަހަތުގައި އޭނާ އާއެކު ތިބި ފުލުހުން އޭނާ "ފޭކް ޖައްސަނީ" ކަމަށް ބުނެ އަނިޔާވެސް ކުރިއެވެ.
ވޭން ދުއްވަން އިން ޑްރައިވަރުގެ ބޮޑި ކެމެރާއިން ފެންނަ ގޮތުން އޭނާ ކުއްލި އަކަށް ބްރޭކް ޖެއްސުމުގެ އިތުރުން އިރުއިރު ކޮޅާ ބަރުގޮނަށް ފިތާ ތަން ފެނެއެވެ. އެއާއެކު ފުލުހުންގެ ޑިޕާޓުމަންޓުން ބުނެފައި ވަނީ ކުއްލި އަކަށް ބްރޭކް ޖައްސަން ޖެހުނީ، ހަތަރު އަނގޮޅިއެއްގެ ކަންމަތިން ޓްރެފިކް ޖޭމްވި ވަގުތު ކަމަށެވެ.
ބިޑި އަޅުވާފައި އޮތް މީހާ ޕަރަލައިޒް ވުމުން ހިރި ނުލެވިފައި އޮއްވާ، ވޭން މަދުކޮށް ފަހަތުގައި ތިބި އޮފިސަރުން ވަނީ އޭނާ އުފުލާލައިގެން ބާލައި، ގެންގޮސް ފުލުހުންގެ ކަސްޓޯޑިއަލްގައި ބަންދުކޮށްފައެވެ. ނަމަވެސް އޭނާ ހަގީގަތުގައިވެސް ޕެރަލައިޒް ވި ކަން އެނގިގެން ފަހުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މިހާދިސާއާ ގުޅިގެން ކަނެޓިކަޓްގެ ފުލުހުންގެ އިދާރާއިން މައްސަލަ ބަލަން ފަށާފައި ވާ އިރު، އެ 5 އޮފިސަރުން ވަނީ ސަސްޕެންޑް ކޮށްފައެވެ. އިތުރަށް ބުނީ އެއީ ހިނގައިގެން ވާނެ ކަމެއް ނޫން ކަމާއި، ފަރުވާ ކުޑަވުމާއި އިހާނެތިކޮށް ހިތުމަކީ ބަލައިގަންނާނޭ ކަމެއް ނޫން ކަމަށެވެ.
މި މައްސަލަައިގައި 5 އޮފިސަރުންނަށް ދައުވާ ކުރީ ޕެރަލައިޒް ވި މީހާގެ އާއިލާގެ ފަރާތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ