ހުޅުމާލޭ މަގުތަކުގެ ކަރަންޓް ކޭބަލް ބުރިކޮށް ވަގަށް ނަގާ މައްސަލަ ފެންމަތިވެއްޖެ

ހުޅުމާލޭގެ ބައެއް މަގުތަކުގެ ކަރަންޓް ކޭބަލް ބުރިކޮށް ވަގަށް ނަގާ މައްސަލަ ފެންމަތި ވެއްޖެއެެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގެ ބައެއް މަގުތަކުގެ ކަރަންޓް ކޭބަލް ބުރިކޮށް ވަގަށްނެގުމުގެ ސަބަބުން މިރޭ އަނދިރިވެފައިވާ މަގުތައް ދިއްލުމުގެ މަސައްކަތް ހުޅުމާލެ އޮޕަރޭސަންސްގެ 3 ޓީމަކުން ދަނީ ކުރަމުން ކަމަށެވެ.
އެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހެޅި ބަލަމުންދާ ކަމަށްވެސް އެޗްޑީސީއިން ވަނީ ބުނެފައެވެ.
ކަރަންޓް ކޭބަލްތައް ބުރިކޮށް، ވަގަށް ނެގުމުގެ ސަބަބުން އަނދިރިވެފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ސެންޓްރަލް ޕާކްގެ އުތުރުގައިވާ ބައެއް މަގުތައް ކަމަށްވާއިރު ކޭބަލްތައް މިފަދައިން ވަގަށް ނެގުމަކީވަރަށް އާންމު ކަމެއް ކަމަށްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ