ޑރ. އަބްދުﷲ ވަހީދު އަވަހަރާވެއްޖެ

ރާއްޖޭގެ އެންމެ ފުރަތަމަ އޮޕަރޭޝަން ޑޮކްޓަރުންގެ ތެރޭގައި ހިމެނުނު، ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ވަހީދު މިއަދު އަވަހާރަވެއްޖެ އެވެ.އުމުރުން 65 އަހަރުގައި އޭނާ އަވަހާރަވީ ނިއުމޯނިއާގެ އާލާސްކަންފުޅަކަށް އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަނިކޮށް މިއަދު ހެނދުނެވެ.ޢަބްދުﷲ ވަޙީދު ވަނީ ސިއްހީ ދާއިރާގެ އިސް މަގާމުތަކެއް ވެސް ފުރުއްވައިފައެވެ. އޭގެ ތެރޭގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ނިމިދިޔަ ސަރުކާރުގައި ކުރެއްވުމުގެ އިތުރުން އައިޖީއެމްއެޗްގެ ޑިރެކްޓާ ޖެނެރަލް މެޑިކަލް ސާވިސަސްގެ މަގާމު ވެސް ފުރުއްވިއެވެ.ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރައީސްކަން ވެސް ކުރެއްވިއެވެ. އޭގެ އިތުރުން ޢަބްދުﷲ ވަޙީދަކީ ލިޔުންތެރިއެކެވެ. ބައެއް ނޫސްތަކަށާއި އަމިއްލަ ބްލޮގްގައި ސިއްހީ އަދި ތާރީހީ ގިނަ ލިޔުއްތަކެއް ވަނީ ލިޔުއްވާފައެވެ.ޑރ. އަބްދުﷲ ވަހީދު އަވަހާރަވިއިރު އަނބިކަނބަލަކާއި ދެ ފިރިހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ