ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޔަޒްމީދު މުހައްމަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ޔަޒްމީދު މަގާމުން އިސްތިއުފާ ދެއްވިކަން "ދިޔަރެސް" އަށް ވަނީ ކަށަވަރު ކުރެވިފައެވެ.
ޔަޒްމީދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވާ މެންބަރެއްގެ ގޮތުގައި ޖޭއެސްސީގައި އިންނެވި ބޭފުޅެކެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ 23 ފެބުރުއަރީ 2025 ގައެވެ. ޔަޒްމީދު އެ މަގާމަށް އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ސަމީރު ވަކިކުރެއްވުމަށް ފަހުއެވެ
މި ކަމާ ގުޅިގެން ޖޭއެސްސީން ނުވަތަ ސަރުކާރުން އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ޖޭއެސްސީގެ ނައިބު ރައީސް ޔަޒްމީދު މަގާމުން އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ