މި ފަހުން އޭނާއާ ކުރި ސުވާލުތަކަށް މުޅިން ވެސް ދިނީ 'ނޫން، އަދި އަހަރެންގެ ކޮންޓްރެކްޓެއް އެބަ އޮތް، އަދިވެސް ފެންނާނެ،" މިފަދަ ކުރު ޖަވާބުތަކެވެ.
ނަމަވެސް މެންޗެސްޓަ ސިޓީ ދުށް އެންމެ ކާމިޔާބު ކޯޗު ޕެޕް ގާޑިއޯލާ، އަންނަ އާދިއްތަދުވަހު އޮންނަ ޕްރިމިއަ ލީގުގެ ފަހު މެޗަށް ފަހު ސިޓީއަށް އަލްވަދާއުކިޔާނެ ކަމަށް، މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ސިޓީއާ އެކު އޭނާ މިހާރު ހަދާފައި އޮތް އެއްބަސްވުން ނިމޭނީ އަންނަ ސީޒަންއާ އެކު އެވެ. ނަމަވެސް އުމުރުން 55 އަހަރުގެ ކޯޗުގެ ފަހު މެޗަކަށް ވާނީ އެސްޓަން ވިލާއާ ދެކޮޅަށް އަންނަ އާދިއްތަދުވަހު އަމިއްލަ ދަނޑުގައި ސިޓީ ކުޅޭ މެޗުކަން މިހާރު ގާތްގަނޑަކަށް ޔަގީނެވެ.
ކުރިން ބާސެލޯނާ އާއި ބަޔާން މިޔުނިކްގެ ކޯޗު ސިޓީއާ ގުޅުނީ 2016ގަ އެވެ. އޭގެ ފަހުން އޭނާ ވަނީ އިނގިރޭސި ފުޓްބޯޅައިގެ އެންމެ ނުފޫޒު ގަދަ، އެންމެ މޮޅު ކޯޗުންގެ ތެރޭގައި ހިމެނިފަ އެވެ. ތަށި އެހާމެ ތިޔާގިމެ އެވެ.
6 ފަހަރު ޕްރިމިއަ ލީގުގެ ޗެމްޕިއަންކަން
3 ފަހަރު އެފްއޭ ކަޕްގެ ޗެމްޕިއަންކަން
ޗެމްޕިއަންސް ލީގުގެ ތަށި އެއް ފަހަރު
6 ފަހަރު އިނގިރޭސި ލީގު ކަޕް
ގިނަ ރެކޯޑްތަކެއް ވެސް އޭނާގެ ކާމިޔާބީއާ ވަނީ ގުޅިފަ އެވެ. އެގޮތުން އެއް ސީޒަނެއްގައި ޕްރިމިއަ ލީގާއި އެފްއޭ ކަޕް އަދި ޗެމްޕިއަންސް ލީގު ނެގި އެވެ. އޭގެ ކުރިން އެ ރެކޯޑް އޮތީ ހަމައެކަނި މެންޗެސްޓަ ޔުނައިޓެޑް އަތުގަ އެވެ.
ޕްރިމިއަ ލީގުގައި 100 ޕޮއިންޓް ހަމަކުރި ހަމައެކަނި ޓީމަކީ ވެސް އޭނާގެ ކޯޗުކަމުގައި، ސިޓި އެވެ. ފުރަތަމަ ފަހަރަށް އޭނާ ލީގު ނެގި 18-2017ގެ ސީޒަންގައި ތަށި ހޯދީ 100 ޕޮއިންޓަށް އަރުވައިފަ އެވެ. އޭގެ އިތުރުން ސިޓީއަކީ ލީގުގައި 106 ލަނޑު ޖެހި ހަމައެކަނި ޓީމު ވެސް މެ އެވެ.
ސިޓީން މިހާރު އަންނަނީ މި ކާމިޔާބު ކޯޗުގެ ވަދާއީ މެޗަށް ތައްޔާރުވަމުން ކަމަށް، އިނގިރޭސި މީޑިއާތަކުން ބުނެ އެވެ. އޭނާގެ ޝަރަފުގައި ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގެ ވަކި ބަޔަކަށް ގާޑިއޯގެ ނަމުން ނަން ދިނުން ހިމެނެ އެވެ.
އެ ސުވާލުކުރުމުން ގާޑިއޯލާ ބުނީ 'ނޫން، ނޫން، ނޫން، ނޫން، ނޫން، ނޫން. ތިޔަ ކަހަލަ އެއްވެސް ހިޔާލެއް އަހަރެންގެ ނެތް" ކަމަށެވެ.
"ތެދަށް ބުނަންޏާ ބުނެވޭނީ ކޮންމެހެން އެކަހަލަ ކަމެއް ސިޓީން ކުރާކަށް ނުޖެހޭނޭ،" ގާޑިއޯލާ ބުންޏެވެ.
މި ސީޒަންގައި ލީގު ކަޕާއި އެފްއޭ ކަޕްގެ ޗެމްޕިއަންކަން ސިޓީ ވަނީ ހޯދައިފަ އެވެ. ޕްރިމިއަ ލީގު ޗެމްޕިއަންކަން ހޯދުމުގެ ދޮރެއް ވެސް ނުލެއްޕެ އެވެ. ރޭ ބާންލީ އަތުން އާސެނަލް މޮޅުވެ މި ވަގުތު އޮތީ ފަސް ޕޮއިންޓުން ކުރީގަ އެވެ. އެކަމަކު މިރޭ ބޯންމައުތު އަތުން ސިޓީ މޮޅުވެ އަދި ފަހު މެޗުގައި ވިލާ އަތުން މޮޅުވެ، އާސެނަލްގެ ފަހު މެޗުން ކްރިސްޓަލް ޕެލެސް އަތުން ބަލިވެއްޖެ ނަމަ، ހަތް ވަނަ ފަހަރަށް ޕްރިމިއަ ލީގު އުފުލައިލެވޭނެ އެވެ.
އާސެނަލް، ކުޅުނު 37، ޖެހި 69، ވަން 26، ފައިދާ 43، ޕޮއިންޓް 82
ސިޓީ، ކުޅުނު 36، ޖެހި 75، ވަން 32، ފައިދާ 43، ޕޮއިންޓް 77
ގާޑިއޯލާ 10 އަހަރަށް ފަހު ސިޓީ ދޫކޮށްލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ