އައިޖީއެމްއެޗުގައި ފަރުވާދެނިކޮށް، ފުލުހުންގެ ބަންދުގައި ހުއްޓައި ފިލި މީހަކު 5 ދުވަސް ފަހުން ހޯދައިފި

ފުލުހުންގެ ބަންދުގައި ހުރި މީހަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް، ފިލިތާ ފަސް ދުވަސް ފަހުން އަލުން އޭނާ ހޯދައިފިއެވެ. މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު އައިޖީއެމްއެޗުގައި އެޑްމިޓުކޮށްގެން ފަރުވާދެނިކޮށް މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ފިލި ކަމަށެވެ. މިގޮތުން، ފުލުހުން ކުރި މަސައްކަތުން އޭނާ ހޯދުނީ، މިއަދުގެ ވަގުތެއްގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެއީ، އޭނާ ފިލިތާ ފަސް ދުވަސް ފަހެވެ. މިހާރު އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ފުލުހުން ބުނީ، ބަންދުން ފިލި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. https://sun.mv/221723 މީހަކު ފިލި ކަމަށް ފުލުހުން ބުނި ނަމަވެސް، އެމީހާގެ ވަނަވަރު ހާމައެއް ނުކުރެއެވެ. މި މަހުގެ ކުރީކޮޅު ވެސް ގއ. ވިލިނގިލީގައި ފުލުހުންގެ ބަންދުގައި ހުއްޓައި، ފިލި މީހަކު ފުލުހުން ވަނީ އަލުން ހޯދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ