މެލޭޝިއާއިން ގެނައި ބަދަލުގެ ސަބަބުން ދަރިވަރުން ދައްކަން ޖެހޭ ޓެކްސް ފައިސާ ލޯނުގެ ދަށަށް!

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުގެ އެހީގެ ދަށުން މެލޭޝިއާގައި ކިޔަވާ އިންޓަރނޭޝަނަލް ދަރިވަރުންގެ އަތުން އިތުރަށް ނަގަން ހަމަޖެއްސި ޓެކްސް ފައިސާ ލޯނުގެ ތެރެއަށް އިތުރުކޮށްދޭން ހަމަޖައްސައިފިއެވެ.
އެކަމާ ގުޅޭގޮތުން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މެލޭޝިއާގައި ކިޔަވާ އިންޓަރނޭޝަނަލް ދަރިވަރުންގެ އަތުން އިތުރަށް ނަގަން ހަމަޖައްސާފައިވަނީ 6 އިންސައްތައިގެ ޓެކުހެއް ކަމަށެވެ. އެގޮތުން މިނިސްޓްރީން ދީފައިފައިވާ ސްކޮލަރޝިޕްތަކުގެ ދަށުން މެލޭޝިޔާގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން، އެ ދަރިވަރަކު ކިޔަވަމުންދާ ޔުނިވަރސިޓީ/އިންސްޓިޓިއުޓްތަކުން މިނިސްޓްރީއަށް ފޮނުވާ އިންވޮއިސްގައި އެ ޓެކްސް ހިމަނާކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން މިހާރުވެސް ފައިސާދައްކަމުން ދާގޮތަށް އެ އަދަދުވެސް ހިމަނައިގެން، ފައިސާ ދައްކަމުންގެންދާ ގޮތަށް ހަމަޖައްސާފައިވާކަމަށް މިނިސްޓްރީން ކުރި އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، މިބަދަލާއި ގުޅިގެން މިނިސްޓްރީން ދޫކުރާ މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ދަށުން މެލޭޝިޔާގައި މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ކޯސް ފީ އަށް ޓެކްސް ފީ ގެ ގޮތުގައި އިތުރުވާ ފައިސާ، ދަރިވަރުގެ އެދުމުގެ މަތީން އެ ދަރިވަރެއްގެ ލޯނުގެ ތެރެއަށް އިތުރުކޮށްދޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
އެހެންކަމުން އެކަމަށް އެދޭ ދަރިވަރުން ފޯމު ފުރުމަށްފަހު ހުށަހެޅުމުން އެފައިސާ ލޯނެއްގެ ގޮތުފައި ހަމަޖައްސައިދެވޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ.
މެލޭޝިޔާގައި ކިޔަވާ ދަރިވަރުން ދައްކަންޖެހޭ ޓެކްސް ފައިސާ މުއްދަތު ހަމަވުމުގެ ކުރިން ސަރުކާރުން ފޮނުއްވާނެކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. ޢަލީ ޙައިދަރު އަޙްމަދު ވަނީ ވިދާޅުވެފައެވެ.
އެ ގައުމުގެ ސަރުކާރުން ވަނީ މެލޭޝިޔާގައި ކިޔަވާ ބޭރު ދަރިވަރުންގެ އަތުން ޓެކްސްއެއް ނިންމާފައެވެ. މި ޓެކްސް ދައްކަން ޖެހެނީ، ޓިއުޝަން ފީގެ ގޮތުގައި އަހަރަކު 60،000 މެލޭޝިއަން ރިންގިޓް ޚަރަދުކުރާ ބޭރު ދަރިވަރުންނެވެ.
މި ފައިސާ ދިވެހި ދަރިވަރުންނަށް ސަރުކާރުން ހަމަޖައްސަވައިދެއްވާނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. ދަރިވަރުންނަށް ފައިސާ ފޮނުވުމުގެ މަސައްކަތް މިހާރު މިނިސްޓްރީއިން ކުރައްވަމުން ގެންދަވާކަމަށާފައިސާ ދައްކަންޖެހޭ މުއްދަތުގެ ތެރޭގައި ހުރިހާ ދަރިވަރުންނަށްވެސް ފައިސާ ފޮނުވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ޓެކްސްއާއި ގުޅިގެން ދަރިވަރުން އިތުރު ފައިސާއެއް ދައްކަންޖެހޭނަމަ، އެ ފައިސާވެސް ދިވެހި ސަރުކާރުން ހަމަޖައްސައިދޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދަރިވަރުން އިތުރު ބުރައެއް އުފުލަން ނުޖެހޭނެކަމަށް ވިދާޅުވިއެވެ.
މެލޭޝިޔާގައި ރާއްޖޭގެ ގިނަ އަދަދެއްގެ ދަރިވަރުން އަންނަނީ ތައުލީމް ހާސިލްކުރަމުންނެވެ. ގިނަ ދަރިވަރުން ތައުލީމް ހާސިލް ކުރަމުންދަނީ ސަރުކާރުގެ އެހީގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ