ފުރުޤާން މިސްކިތުގެ ކުޑަ ދޮރަކަށް ގެއްލުންދީ، ބިއްލޫރިގަނޑު ތަޅާލައިފި
މާލޭގެ ފުރުޤާން މިސްކިތުގެ ކުޑަ ދޮރަކަށް ގެއްލުންދީ، އެ ދޮރުގެ ބިއްލޫރިގަނޑު ރޭ ތަޅާލައިފިއެވެ. އެ މިސްކިތް ބަލަހައްޓާ މާލެ ސިޓީ ކައުންސިލުން ބުނީ، މި ކަމުގެ މައުލޫމާތު ލިބުނީ ރޭގެ ވަގުތެއްގައި ކަމަށާއި މި މައްސަލަ މިހާރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި އަމަލު ކުށްވެރިކުރައްވައި، މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ، އިސްލާމްދީނުގައި ޙުރުމަތްތެރިކޮށް ހިތުމަށް އަންގަވައިފައިވާ މިސްކިތްތަކަށް ގެއްލުންދޭ މީހުން ހޯދައި، ހައްގު އަދަބު ދިނުމަށް ގޮވައިލައްވާފައެވެ. އެގޮތުން، މާލޭގެ މިސްކިތްތަކަކީ ހުރިހާ ރައްޔިތުންގެ އިޙުތިރާމާއި ރައްކާތެރިކަން ލިބެންޖެހޭ މުގައްދަސް ތަންތަން ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އަދި، މި ފަދަ ކަންކަމަކީ މުޖުތަމަޢުގެ ތެރޭގައި އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫންކަން މޭޔަރު ފާހަގަކުރެއްވިއެވެ. މީގެކުރިން ވެސް ފުރުޤާން މިސްކިތަށް ގެއްލުންދީފައި އެބަހުއްޓެވެ. https://sun.mv/199536 މިގޮތުން، ހަތިމުތައް މުޅި ތަނަށް އުކާލައި، އިމާމު ހުންނަ ދިމާލުގައި ހުރި ކަރަންޓު ބޯޑުތަކާއި އެއަށް ޖަހާފައި ހުރި އެޑެޕްޓަރުތައް ހަލާލުކޮށްލައި، ފެން އިސްކުރުތައް ބިންދާލި މައްސަލައެއް ނޮވެންބަރު 24، 2024ގައި ފާހަގަވިއެވެ. އެ މައްސަލައިގައި އޭރު މީހަކު ހައްޔަރުކޮށް، ބަންދު މުއްދަތު ވެސް ޖެހިއެވެ. މި މިސްކިތުގެ އިތުރަށް ވެސް މާލެއާއި އެހެނިހެން ސަރަހައްދުތަކުގެ މިސްކިތްތަކަށް ގެއްލުންދޭ މައްސަލަތައް ފާހަގަކުރެވިފައި އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ