އެންމެ މަންފާ ހުރި މީހާ

އެންމެހާ ހެޔޮ އަމަލުތަކުގެ ތެރެއިން ފުރަތަމަ ކަމަކަށް ނަބިއްޔާ ބަޔާންކޮށް ދެއްވައިފައި ވަނީ މުސްލިމުންގެ ހިތްތަކަށް އުފާވެރިކަން ވައްދައިދިނުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވާ މައުޞޫއަކީ" އެންމެ މަންފާ ހުރި މީހާ"އެވެ.ހުކުރު ހުތުބާގައި ބުނީ އެންމެ ހެޔޮ އަމަލުތަކުގެ ތެރެއިން ފުރަތަމަ ކަމަކަށް ނަބިއްޔާ ބަޔާންކޮށްދެއްވައިފައިވަނީ، މުސްލިމުންގެ ހިތަށް އުފާވެރިކަން ވައްދައިދިނުމާއި އެ މީހުންގެ ހިތްތައް ބާއްޖަވެރިކުރުމުގެ އިތުރަށް އެ މީހުންނަށް ހިނިތުންވުން ގެނެސްދިނުން ކަމަށެވެ."މިކަމުގައި އެންމެ އިސްކަންދޭންޖެހޭނީ ތިބާގެ މައިންބަފައިންނަށާއި އަނބިދަރީންނަށެވެ. ދެން ގާތްތިމާގެ މީހުންނަށާއި އަވަށްޓެރީންނަށެވެ،" ހުތުބާގައި ބުންޏެވެ.ދެވަނަ ކަމަކީ، މުސްލިމް އަޚަކަށް ކުރިމަތިވާ މުސީބާތަކުން އޭނާ ސަލާމަތްކޮށްދިނުން ކަމަށާއި އޭގެތެރޭގައި ކެއިންބުއިމުގެ ކަންތައްތައް ހަމަޖައްސައިދިނުމާއި، އުނުއޮރިއާން ނިވައިކޮށްދިނުމާއި، ބޭސްފަރުވާކުރުމަށް އެހީވެދިނުން ފަދަ، މާއްދީ ކަންތައްތަކާއި، ބިރުވެރިކަމެއް، ނުވަތަ ހާސްކަމެއް ކުރިމަތިވެފައިވާ މީހެއްގެ ހިތްހަމަޖައްސައިދިނުން ފަދަ މަޢުނަވީ ކަންތައްތައް ވެސް ހިމެނޭނެ ކަމަށް ބުނެފައިވެ އެވެ.ހުތުބާގައި ތިންވަނަ ކަމަކަށް ފާހަގަކޮށްފައިވަނީ މުސްލިމު އަޚާގެ ދަރަނި ފުއްދައިދިނުމެވެ. އަދި ހަތަރުވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ކަމަކީ ބަނޑުހައިހޫނުކަމުގައި ތިބޭ މީހުންނަށް ކާންދިނުން ކަމަށްވާއިރު ދިވެހީންނަކީ މި ކަމުގައި ވަރަށް ނަމޫނާ ބައެއް ކަމަށްވެސް ހުތުބާގައި ފާހަގަކޮށްފައިވެ އެވެ.އަަދި ފަސް ވަނަ ކަމަކީ މީސްތަކުންގެ މުހުތާދުތައް ފުއްދައިދިނުމަށް ޓަކައި މަސައްކަތް ކުރުން ކަމަށްވާއިރު، އެއީ ނަބަވީ ޙަރަންފުޅުގައި މަސްދުވަހު އިޢުތިކާފަށް އިނުމަށް ވުރެ މާތް ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެ އެވެ."ދުނިޔޭގެ މުސީބާތްތަކުގެ ތެރެއިން މުސީބާތަކުން މުއުމިނަކު ސަލާމަތްކޮށްދިން މީހާގެ ކިބައިން، ގިޔާމަތް ދުވަހުގެ މުސީބާތްތަކުގެ ތެރެއިން މުޞީބާތެއް ﷲ ފިއްލަވައިދެއްވާނެތެވެ. އަދި އަތްމަތިދަތި މީހަކަށް ލުއިކޮށްދިން މީހާއަށް ދުނިޔެއާއި އާހިރަތުގައި ﷲ ލުއިފަސޭހަކޮށްދެއްވާނެތެވެ. އަދި މުސްލިމަކު ފަޟީހަތްނުކޮށް އޭނާގެ ޢައިބުތައް ވަންހަނާކޮށްދިން މީހާ، ދުނިޔެއާއި އާހިރަތުގައި ފަޟީހަތްނުކުރައްވައި ﷲ ސަލާމަތްކޮށްދެއްވާނެތެވެ." ހުތުބާގައި ބުންޏެވެ.މިއަދުގެ ހުތުބާގައި ވަނީ ﷲގެ އަޅާ އޭނާގެ އަހާއަށް ވާގިވެރިވުމުގައި ދެމިހުރިހައި ހިނދަކު، ﷲ އޭނާއަށް ވާގިވެރިވެވޮޑިގަތުމުގައި ދެމިވޮޑިގެންވާނެ ކަމަށް ބުނެފައެވެ.އަދި ލޮބުވެތި ރަސޫލާގެ ބަސްފުޅުން މުހުތާދުވެރިޔާއަށް އެހީވުމުގެ މާތްކަމާއި، އޭނާގެ ބޭނުންތައް ފުއްދައިދިނުމަށް މަސައްކަތްކުރުމުގެ މުހިއްމުކަން އެނގިގެން ދާކަމަށް ވަނީ ބުނެފަ އެވެ.އޭގެ ތެރޭގައި ކެއިންބުއިމުގެ ކަންތައްތައް ހަމަޖައްސައިދިނުމާއި، އުނުއޮރިއާން ނިވައިކޮށްދިނުމާއި، ބޭސްފަރުވާކުރުމަށް އެހީވެދިނުން ފަދަ، މާއްދީ ކަންތައްތަކާއި، ބިރުވެރިކަމެއް، ނުވަތަ ހާސްކަމެއް ކުރިމަތިވެފައިވާ މީހެއްގެ ހިތްހަމަޖައްސައިދިނުން ފަދަ މަޢުނަވީ ކަންތައްތައް ވެސް ހިމެނޭނެ ކަމަށް ވަނީ ބުނެފަ އެވެ.ހުކުރު ހުތުބާގައި ވިދާޅުވީ މާތް ﷲ އިންސާނުންނަށް މަތިވެރި އަޚްލާޤާއި ސުލޫކު ދަސްކޮށްދެއްވުމަށް ފޮނުއްވި ރަސޫލު ބޭކަލުންނަކީ، އެބޭކަލުން ފޮނުއްވުނު ޤައުމުތަކުގެ މީހުންނަށް ފައިދާހުރި، ލާބަހުރި ކަންތައްތައް ކޮށްދެއްވުމުގައި އަވަސްވެވަޑައިގެންނެވި ބޭކަލުންތަކެއްކަމަށެވެ. އަދި އަހަރެމެންގެ ލޮބުވެތި ނަބިއްޔާއަކީ، މީސްތަކުންގެ ބޭނުންތައް ފުއްދަވައިދެއްވުމުގައި ލާމަސީލު ނަމޫނާއެއްކަމަށާއި އެކަލޭގެފާނު މިސްކީނުންނަށާއި، ހުވަފަތް އަންހެނުންނަށް އެހީވެވަޑައިގަތުމަށް ޓަކައި އެ މީހުންގެ ގާތަށް ވަޑައިގެން އެމީހުންގެ ބޭނުންތައް ފުއްދަވައިދެއްވާފައިވާކަމަށްވެސް ހުތުބާގައި ބުންޏެވެ.އަދި އަހަރެމެންގެ ލޮބުވެތި ނަބިއްޔާއަކީ، މީސްތަކުންގެ ބޭނުންތައް ފުއްދަވައިދެއްވުމުގައި ލާމަސީލު ނަމޫނާއެއް ކަމަށާއި އެކަލޭގެފާނު، މިސްކީނުންނަށާއި ހުވަފަތް އަންހެނުންނަށް އެހީވެވަޑައިގަތުމަށް ޓަކައި އެ މީހުންގެ ގާތަށް ވަޑައިގެން އެ މީހުންގެ ބޭނުންތައް ފުއްދަވައިދެއްވައިފައި ވާކަން ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ.ޚުތުބާގައި ވަނީ ރަސޫލާގެ ހަދީޘް ފުޅުގައި ބަޔާންކުރައްވާ ތިންވަނަ ކަމަކީ މުސްލިމު އަޚާގެ ދަރަނި ފުއްދައިދިނުން ކަމަށް ބުނެފައެވެ. ދަރަނި އަދާކުރުމަށް ޓަކައި، އަތްމަތި ދަތި މީހާއަށް އިތުރު މުހުލަތު ދިނުމާއި އޭނާގެ ދަރަނީން ބައެއް ކަނޑައިލައިދިނުމާއި ދަރަނި އެއްކޮށް މާފުކުރުމަކީ ގިޔާމަތްދުވަހުން މާތްﷲގެ އަރުޝީގެ ހިޔަލުން ހިޔާވަހިކަން ދެއްވާނެ ކަމެއް ކަމަށްވެސް ހުތުބާގައި ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ