13.6 މިލިއަން ރުފިޔާގެ ކަޓެއް މުއާޒު ނަގައިގެން ޔޫއޭއީ ކުންފުންޏަކުން ބޭނުން ނުވާ ކޭބަލްތަކެއް ރާއްޖެ ގެނެސްފި

13.6 މިލިއަން ރުފިޔާގެ ކަޓެއް މުއާޒު ނަގައިގެން ޔޫއޭއީ ކުންފުންޏަކުން ބޭނުން ނުވާ ކޭބަލްތަކެއް ގެނެސްފިއެވެ. މާކެޓް ރޭޓަށް ވުރެ %20 އަގު ބޮޑުކޮށް މި ކޭބަލްތައް ގަނެފައިވަނީ ރަށްރަށުގައި ފެނަކައިން ކުރަމުންދިޔަ މަސައްކަތްތައް ހުއްޓާލައި އެތައް ސަތޭކަ ބަޔަކު ވަޒީފާއިން ވަކިކޮށްފައި ވަނިކޮށެވެ. އެހެންކަމުން މި ކޭބަލްތައް ބޭނުން ކޮށްގެން ކުރާނެ މަސައްކަތެއްވެސް މި ވަގުތު ފެނަކާގައި އޮތްކަމަކަށް ނުބެލެވެއެވެ. 
މިހާ މިނިވަން ކަމާއި އިކު, ފެނަކަ އެމްޑީ މުއާޒު ވައްކަން ކުރަމުންދަނީ މުއިއްޒުގެ އެންގުމާއި އެއް ގޮތަށެވެ. މި ގޮތުން މަޖިލީސް މެމްބަރުންނަށް ކޮންމެ މަހަކު ދޭ 50,000ރ ދެމުން ދަނީ މުއާޒުއާއި އިތުރު ސަރުކާރުގެ އިތުރު ކުންފުންޏަކުން މުއިއްޒަށް ފޯރުކޮށްދޭ ކޮރަޕްޓް ފައިސާއިން ވަނީ ދިޔަވަރަށް މައުލޫމާތު ލިބިފައެވެ. ނަމަވެސް މި މައްސަލަތައް އޭސީސީއިން ބެލުމަށް އިންކާރުކޮށް, މިވަގުތު ރާއްޖޭގައި އޮތް އެންމެ ކޮރަޕްޓް މުއައްސަސާގެ ލަގަބު އޭސީސީއަށް ވަނީ ހޯދާފައެވެ.
ކޮންސްޓްރަކްޝަން އަދި ސަޕްލަޔަރުންގެ އަތުން އެތައް މިލިއަން ފައިސާއެއް މުއާއްޒު ޕޭމަންޓްތައް ދޫކުރުމުގެ ކުރިން ދަނީ ނަގަމުންނެވެ. މިއީ ކުރީ ސަރުކާރުގައި ފެނަކާގައި ތިބި ވެރިންވެސް ފެނަކައިން އެކަން ކުރަމުން އައި ކޮރަޕްޓް އުސޫލެވެ. މުއިއްޒު ވަނީ އެ އުސޫލު ދެމެހެއްޓުމަށް އަންގައި, އިތުރަށް ފައިސާ ނެގުމަށް އެދިފައެވެ. މުއާޒުއަށް މަގާމުގައި ހުރެވެން އޮތީ ވައްކަން ކޮށް މުއިއްޒަށް އެފައިސާ ހޯދަ ދީގެންނެވެ. 
ޖުމްލަ 65.7 މިލިއަން ރުފިޔާގެ ކޭބަލް ގަނެފައިވާއިރު, އެނގިފައިވާ ގޮތުގައި ކޭބަލް ބޭނުންވާ ރަށްރަށަށް ވަރަށް ފަހުން ކޭބަލް ގަނެ ހަމަ ކުރި އެވެ. އިތުރަށް ކޭބަލް ގަންނަން ޖެހޭ އެއްވެސް ސަބަބެއް މިވަގުތު ނެތް ކަމަށް މި ނޫހަށް ފެނަކައިން ވަނީ ޔަގީން ކޮށް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ