މެމްބަރު ޒަރީރަށް ހަމަލަދިން މައްސަލާގެ ތަހުގީގަށް ގައްބަރޭ 30 ދުވަހަށް ބަންދުކޮށްފި

މީހަކު މަރާލަން އުޅުނު ކަމުގެ ތުހުމަތު ކުރެވޭ އިބްރާހިމް އަބްދުﷲ (ގައްބަރޭ) ތަހުގީގަށް 30 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ގައްބަރޭ 30 ދުވަހަށް ބަންދުކުރަން އަމުރުކުރީ، އޭނާ ނުފެނިގެން ހޯދަން އިއުލާން ކުރިތާ ނުވަ ދުވަސް ފަހުން ފުލުސް އޮފީހަށް މިއަދު އަމިއްލަ އަށް ހާޒިރުވުމުން ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކުރުމުންނެވެ.
މީގެ ކުރިން ވެސް މާރާމާރީ އާއި ބޮޑެތި ކުށްތަކެއްގެ ގިނަ ރެކޯޑު އޮންނަ ގައްބަރޭ ހޯދަން އިއުލާން ކުރީ ގްރޫޕު ހަދައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި މީހަކު މަރާލަން އުޅުނު ކަމުގެ ތުހުމަތަށެވެ. އެއީ ކޮން މައްސަލައެއްގައި ކަމެއް ފުލުހުން ނުބުންޏަސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި ގައްބަރޭ ހޯދީ މާލޭގެ ކެފޭއެއްގެ ތެރޭގައި އިންނަވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލައިގަ އެވެ.
ގައްބަރޭ ހޯދަން އިއުލާނުކުރީ މި މަހުގެ 15 ގަ އެވެ.
Gabbarey police ah haaziru vumun hayyaru koffi
The most trusted news source in the Maldives
Mihaaru
ޒަރީރަށް ހަމަލާ ދިނީ އޭނާ ވިދާޅުވި ގޮތުގައި ކެފޭއެއްގައި އިންނަވަނިކޮށް ފަސް މީހަކު ކެފޭތެރެއަށް ވަދެ މަރުތޭލަކުންނެވެ. އޭނާއަށް ހަމަލާދިން ސަބަބެއް އެނގިވަޑައެއްނުގަންނަވާ ކަމަށް ޒަރީރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ