ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ: ސްޓެލްކޯ

ސްޓެލްކޯގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދު ކެނޑިދާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
އެގޮތުން ސްޓެލްކޯއިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިއަދު މެންދުރު 14:00 އިން 16:00 އަށް މާފަންނުގެ ބޮޑުތަކުރުފާނު މަގާއި، ބޮޑުފުންގަނޑު މަގާއި، މަޖީދީމަގާއި، ބުރެވި މަގުގެ އިތުރުން، ވައިޖެހޭ މަގާއި، ލަސިމޫ ގޯޅިން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މިއާއިއެކު ހަމަ މިގަޑީގައި ގަލޮޅުގެ އޯކިޑްމަގާއި، ފަރީދީމަގާއި، ފަނޑިޔާރުމަގާއި، މަޖީދީމަގުގެ އިތުރުން، ޗަމްޕާ މަގުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް ކަމަށްވެސް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
Advertisement
މީގެ އިތުރުން މިއަދު މެންދުރު 13:00 އިން 15:00 އަށް ގަލޮޅުގެ ބޮޑުތަކުރުފާނު މަގާއި، ހަވީރީމަގާއި، ރަބީއީ ހިނގުމުގެ އިތުރުން، ކާނޭޝަން މަގުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
އަދި ހަމަ މިގަޑީގައި ގަލޮޅުގެ މަޖީދީމަގާއި، ފާށަނާކިލެގެ މަގު، އަލިކިލޭގެފާނު މަގު، ސަބްދެރިޔާ މަގުގެ އިތުރުން ބޮޑުރަސްގެފާނު މަގުން ވެސް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
ސްޓެލްކޯ އިން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ