ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގެ ވޯޓުލުން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގެ ވޯޓުލުން މާލެއާއި ދާއިރާގެ ތިން ރަށުގައި ފަށައިފިއެވެ.
ގުރައިދޫ ދާއިރާގައި ހިމެނޭ ތިން ރަށަކީ ކ.ގުރައިދޫގެ އިތުރަށް ގުޅިއާއި މާފުށްޓެވެ. އެ ތިން ރަށުގައި އިންތިޚާބުގެ ވޯޓުލުން ފަށާފައިވާއިރު މާލޭގައިވެސް މިހާރު އިންތިޚާބުގެ ވޯޓުލުންވަނީ ފަށާފައެވެ. ވޯޓުލުން މިއަދު ހަވީރު 16:00 އާ ހަމައަށް ކުރިއަށް ގެންދާނެއެވެ.
ވާދަވެރިކަން ބޮޑު މި އިންތިޚާބުގައި ތިން ޕާޓީއަކުން ވާދަކުރާއިރު އެމްޑީޕީން ވާދަކުރައްވަނީ އިބްރާހީމް ޝާޒެވެ. އަދި ޕީޕީއެމްއިން އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރިޒާގެ ކޮއްކޮ ޙުސައިން ރިޒާ ވާދަކުރައްވާއިރު، އެމްއެންޕީން ވާދަކުރައްވަނީ އަލީ އަރީފެވެ.
މި އިންތިޚާބުގައި 3،423 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ ގުރައިދޫން 1،394 މީހުންނާއި މާފުށިން 1،366 މީހުންނާއި ގުޅިން 663 މީހުންނެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަކީ އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުންދާތާ ގިނަ ދުވަސްތަކެއްފަހުން އެ އާލާސްކަންފުޅުގައި އަވަހާރަވުމުންނެވެ.
ރިޒާއަކީ ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރަކަށްވާއިރު އޭނާވަނީ 3 ފަހަރެއްްގެ މަތިން ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ