ސިނަމާލެ ބްރިޖަކީ ރައީސް ޔާމީން އެޅުއްވި ބްރިޖެއް ނޫން: އަހުމަދު ޙަލީމް

ސިނަމާލެ ބްރިޖް އެޅުނީ
އެމްޑީޕީ އިން ގެނައި ސިޔާސީ އިސްލާހު ތަކުގެ ސަބަބުން ކަމަށް ރައްޔިތުންގެ
މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރ އަހްމަދު ހަލީމް (ދޮންބިލަތް)
ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ
ތަޅުމުގައި ވާހަކަ ދައްކަވަމުން ހަލީމު ވިދާޅުވީ މި ރާއްޖޭގައި ތަރައްގީގެ މަސައްކަތްތައް ކޮށްދިނީ 2018 ގެ
ފަހުން އުފެދުނު އެމްޑީޕީގެ ސަރުކާރަކުން އެކަނި ނޫން ކަމަށެވެ.
"2018 ގައި އުފެދުނު އެމްޑީޕީ ސަރުކާރަކުން
އެކަންޏެއް ނޫން ކަންކަން ކޮށްދީފަ އޮތީކީ، ކަންކަން ކޮށްދީފަ އެބެއް 2008 ގައި
އުފެދުނު އެމްޑީޕީ ސަރުކާރުންވެސް، ވިދާޅުވެދާނެ ޕީޕީއެމް ބޭފުޅުން އެއީ ރައީސް
ޔާމިން އެޅުއްވި ބްރިޖެކޭ، ނޫން އެއީވެސް އެމްޑީޕީ އިން މިގެނައި ސިޔާސީ
އިސްލާހާއި އެކީގައި ގެނައި ޕާޓީ ނިޒާމުގެ ސަބަބުން އެޅުނު ބްރިޖެއް އެއީ، އެއީ
ރައީސް ޔާމިންގެ މޮޅު ކަމުން އެޅުނު ބްރިޖެއް ނޫން، އެމްޑީޕީ މަގުމައްޗަށް ނުކުމެ
ގެނެވުނު ބަދަލުގެ ނަތީޖާ އެވެސް" ދޮންބިލެތް ހަލީމްގެ ވާހަކައިގައި
ވިދާޅުވިއެވެ.
Advertisement
އަދި އިތުރަށް އޭނާ ވިދާޅުވީ މިއަދު ރާއްޖެއަށް
ގެނެވިފައިވާ ތަރައްގީގެ ބަދަލަކީ އެމްޑީޕީ އިސްވެ އޮވެ ރާއްޖޭގެ ވަރަށް ގިނަ
ރައްޔިތުން ނިކުމެ ކުރެވުނު މަސައްކަތުން އަންނަން ފެށި ބަދަލުތަކެއްކަމަށެވެ.
ސިނަމާލެ ބްރިޖަކީ އެމްޑީޕީ ގެ ސަބަބުން
އެޅުނު ބްރިޖެއް ކަމަށް ދޭހަވާ ގޮތަށް ހަލީމް ވާހަކަ ފުޅު ދައްކަވައި ފައިވާ އިރު
ސިނަމާލެ ބްރިޖްގެ މަސައްކަތް ފަށައި އެމަސައްކަތް ނިންމައި ފައިވަނީ ވެސް ރައީސް
ޔާމިންގެ ވެރިކަމުގައެވެ.
ރައީސް ޔާމިންގެ ތަސައްވުރު ގެ ދަށުން ބްރިޖް
އަޅުމުގެ ވާހަކަ ދެކެވުނު ހިސާބުން އެކަމަކީ ނުވާނެ ކަމެއް  ކަމަށް ބުނެ އޭރުގެ އިދިކޮޅު އެމްޑީޕީ އިން
އެތައް ފާދުކިޔުންތަކެއް ކިޔައި ފައިވެއެވެ.
މިހާރު މިހިނގާ އެމްޑީޕީގެ
ވެރިކަމުގައި ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތް ފެށިތާ އެތައް ދުވަހެއް
ވެފައިވާއިރު އެކަންކުރިއަށް ދަނީ ވަރަށް ދަށް ސްޕީޑެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ