ހައްޖަށްދާ އުރީދޫގެ ކަސްޓަމަރުންނަށް ޚާއްސަ ސިމް ކާޑެއް ތައާރަފްކޮށްފި

މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ސައޫދީ އަރަބިއްޔާއަށް ދަތުރުކުރާ އުރީދޫގެ ކަސްޓަމަރުންނަށް ޚާއްސަ ސިމް ކާޑެއް ތައާރަފުކޮށްފިއެވެ.
އުރީދޫއިން ބުނީ މި ސިމްކާޑަކީ ރޯމިން ރޭޓުން 90 ޕަސެންޓް ޑިސްކައުންޓް ލިބޭ ދަތުރުވެރިންނަށް ޚާއްސަ ސިމް ކާޑް (ހައްޖު ސިމް) އަދި ޚާއްސަ ރޭޓެއްގައި ސައުދީ އަރަބިއްޔާއަށް ގުޅާލެވޭ ސައުދީ އައިޑީޑީ ޕެކް އެއްކަމަށެވެ.
"ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މިއަހަރު ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރާ ކަސްޓަމަރުން އާއިލާ އާއި ރައްޓެހިންނާއި ފަސޭހަކަމާއެކު ގުޅާލުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އުރީދޫއިން ބުންޏެވެ.
އުރީދޫއިން ބުނީ ހައްޖަށް ދާ މީހުންނަށާއި ރާއްޖޭގައި ތިބޭ މީހުންނަށް ވެސް ހައްޖު ސިމް އާއި ސައުދީ އައިޑީޑީ ޕެކް މެދުވެރިކޮށް ޑިސްކައުންޓް ލިބޭނެއެވެ. އެހެންކަމުން ދަތުރުވެރިންނަށާއި އެމީހުންގެ އާއިލާތަކަށް ފަސޭހަކަމާއެކު އިންޓަނެޓް މެދުވެރިކޮށާއި ފޯނުންވެސް ގުޅާލެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ.
ހައްޖުވެރިންނަށް ޚާއްސަ މި ސިމް މެދުވެރިކޮށް ރޯމިން ރޭޓުން 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭއިރު، ކަސްޓަމަރުންނަށް ރޯމިންގް ވޮއިސް، ޑޭޓާ އަދި އެސްއެމްއެސް އެންމެ ހެޔޮ އަގުގައި ބޭނުންކުރެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ. އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ލިބޭ މި ޚާއްސަ ސިމް، އެމީހަކު މިހާރު ގެންގުޅޭ ސިމް ކާޑު އަޕްގްރޭޑް ކުރުމުން ލިބޭނެ ގޮތަށް ހަމަޖައްސާފައިވާއިރު، ގްރޭޓާ މާލެ އުރީދޫ އެކްސްޕީރިއަންސް ސެންޓަރު (އޯއީސީ)ތަކުން މި ޚިދުމަތް ލިބޭނެ ކަމަށް އުރީދޫއިން ބުންޏެވެ.
ސެލްފް ކެއާ ޕޯޓަލް my.ooredoo.mv މެދުވެރިކޮށް ނުވަތަ އުރީދޫ އެކްސްޕީރިއަންސް ސެންޓަރަކަށް ޒިޔާރަތްކޮށްގެން ކަސްޓަމަރުންނަށް ރޯމިންގެ ޚިދުމަތް އެކްޓިވޭޓް ކުރެވޭނެ އެވެ. އަދި #6*929* އަށް ގުޅައިގެން ވެސް ޑޭޓާ ރޯމިން ސާވިސް އެކްޓިވޭޓް ކުރެވޭނެއެވެ.
މީގެ އިތުރުން، ދަތުރުކުރުމުގެ ކުރިން ސިމް އެޕްލިކޭޝަން ސެޓިން "އޮޓޮމެޓިކް" އަށް ސެޓްކޮށްލުމުން ކަސްޓަމަރުންނަށް ސައުދީ އަރަބިއްޔާގައި ރޯމިންގެ ހިދުމަތް ބޭނުންކުރެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ. ހައްޖު ސިމް އެކްޓިވޭޓް ކުރުމަށްފަހު ޕްރީޕެއިޑް ޕްލޭނަކަށް ނުވަތަ ބިލް ކޮންޓްރޯލް ޕޯސްޓްޕެއިޑްއަކަށް ބަދަލުކުރަން ބޭނުންވާ ކަސްޓަމަރުންނަށް އެ ފުރުސަތު ދޭނެކަން ވެސް އުރީދޫއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ