އިސްލާހަކީ ފިކުރެއް، ފިކުރު ނައްތާ ނުލެވޭނެ: މައުމޫން

ސިޔާސީ ޕާޓީއެއް ދެމި އޮންނަނީ ދަފުތަރުގައި 3000 މެންބަރުން ހަމަ ނަމަ އެވެ. އެމްއާރްއެމް އުވާލަން ނިންމީ އެ އަދަދަށް މީހުން ހަމަ ނުވެގެނެވެ.
ކުރީގެ ރައީސް މައުމޫން އުފެއްދި އެމްއާރްއެމް އުވާލަން އިލެކްޝަނުން ނިންމުމ،ާ ގުޅިގެން އެ މައްސަލާގައި އިލެކްޝަނަށް ތުހުމަތައް އަމާޒުވެފައި ވެއެވެ. އެކަމާ ރައީސް މައުމޫން އެންމެ ފުރަތަމަ ވިދާޅުވެފައިވާ ގޮތުގައި އީސީގެ އެ އެ ނިންމުން އެއީ ގާނޫނާ ހިލާފު ކޮރަޕްޓް ނިންމުމެކެވެ.އަދި މިއަދު ޓްވީޓް ކުރައްވާ ވިދާޅުވީ "އިސްލާހަކީ ފިކުރެއް. ފިކުރެއް ނައްތައެއް ނުލެވޭނެ." ކަމަށެވެ.  ސިޔާސީ ޕާޓީއެއް ދެމި އޮންނަނީ ދަފުތަރުގައި 3000 މެންބަރުން ހަމަ ނަމަ އެވެ. އެމްއާރްއެމް އުވާލަން ނިންމީ އެ އަދަދަށް މީހުން ހަމަ ނުވެގެނެވެ. އުވާލި އިރު ކުރިން ދެ ފަހަރެއްގެ މަތިން އެ ޕާޓީއަށް ނޯޓިސް ދީފައި ވެއެވެ. އެންމެ ފަހުން ނޯޓިސް ދިނީ މިދިޔަ ފެބްރުއަރީގަ އެވެ.  
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ