އެސްއޯއީތަކުގެ މުވައްޒަފުންނަކީ ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި ބަލަންޖެހޭ: ސުޕްރީމް ކޯޓް

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަކީ ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި މާނަ ކުރަންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
އިއްޔެ ސުޕްރީމް ކޯޓުން އެގޮތަށް ނިންމީ ވެމްކޯގެ ކުރީގެ އެމްޑީ މުހައްމަދު ޝިފާއުގެ މައްޗަށް ދައުލަތުން ކުރި ކޮރަޕްޝަންގެ ދައުވާއެއް ބޭރުކޮށްލަން ނިންމި ނިންމުމެއްގެ އިސްތިއުނާފުގަ އެވެ. އެއީ 2017 ގައި، އޭނާ އެ ކުންފުނީގެ އެމްޑީއަކަށް ހުންނެވި އިރު، އޭނާގެ ވިޔަފާރިއާ ގުޅުން އޮންނަ މީހަކާއެކު އެއްބަސްވުން ހަދައި، ވެމްކޯއަށް ނުއަގުގައި ބާ ވެހިކަލެއް ގަތް މައްސަލައިގަ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު 11، ވަނަ ދުވަހު އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނިންމީ ޝިފާއުގެ މައްޗަށް ކުރި ދައުވާ މައުލޫއީ ގޮތުން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެ ނިންމުމަށް ހައި ކޯޓުން ވެސް ތާއީދު ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ