އޯޕަންޑޭގައި މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުން ޖުމްލަ 100 އަށްވުރެ ގިނަ ސްކޫލް ކުދިން ބައިވެރިވި އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ގައި ހުރި މަސައްކަތުގެ ފުރުސަތުތައް ކިޔައި ދޭން ސްކޫލް ދަރިވަރުންނާ ހިއްސާކޮށް ޕޯޓުގެ މަސައްކަތުގެ ދާއިރާތަކަށް ސްކޫލް ދަރިވަރުންގެ ޝައުގުވެރިކަން އިތުރު ކުރުމުގެ ގޮތުން "ޕޯޓް އޯޕަން ޑޭ" އެއް ބާއްވައިފި އެވެ.
އެމްޕީއެލް އިން ބުނީ އުމުރުން 13 އަހަރާއި 18 އަހަރާ ދެމެދުގެ ސްކޫލް ދަރިވަރުންނަށް އަމާޒު ކޮށްގެން ބޭއްވި "ޕޯޓް އޯޕަން ޑޭ" 100 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވި އެވެ. އެގޮތުން މާލެ އާއި އަތޮޅުތެރޭގެ ބައެއް ސްކޫލްތަކުގެ ދަރިވަރުން ހިމެނެ އެވެ. މާލޭގެ ހުރަވީ ސްކޫލާއި އިމާދުއްދީން ސްކޫލާއި ކަލާފާން ސްކޫލާއި ތާޖުއްދީން ސްކޫލާއި ހުޅުމާލޭގެ ސަލާހުއްދީން ސްކޫލާއި ހުވަދޫ ސްކޫލާއި ބ. އަތޮޅު ތަޢުލީމީ މަރުކަޒާއި ނ. ހެނބަދޫ ސްކޫލް އަދި ރ. އިނގުރައިދޫ ސްކޫލްގެ ދަރިވަރުން "ޕޯޓް އޯޕަން ޑޭ" ގައި ބައިވެރިވި އެވެ.
މި ހަރަކާތުގައި ހިމެނޭ ސެޝަންތައް ކުރިއަށް ގެންދިޔައީ ދެ ދަންފަޅިއަކަށް ބަހާލައިގެނެވ.ެ ސްކޫލްތަކުގެ ދަރިވަރުންނަށް ޕޯޓުގެ އެކި ދާއިރާތަކުގެ މަޢުލޫމާތުތައް ހިއްސާކުރުމުގެ އިތުރުނ،ް ޕޯޓުގެ އަމަލީ މަސައްކަތްތައް ބަލާލުމަށް އެ ދަރިވަރުން ވަނީ މާލޭ ވިޔަފާރި ބަނދަރަށް ޒިޔާރަތް ކޮށްފަ އެވެ. ސޭފްޓީ އެންޑް ސެކިއުރިޓީ ޑްރިލް އަކާއި ޕޯޓުގައި ބޭނުންކުރާ މެޝިންތައް ބޭނުންކުރާ ގޮތް ދަރިވަރުންނަށް ވަނީ ދައްކާލުމާއެކު ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލަށް ވެސް ދަރިވަރުން ގެންދިޔަ އެވެ.މާލެ ވިޔަފާރި ބަނދަރު ބަލަހައްޓާ ކުންފުނިން ބުނީ މި ހަރަކާތް ބޭއްވީ ޕޯޓުގެ ދާއިރާގައި މަސައްކަތް ކުރުމަށް ޝަޢުގުވެރިކަން ދަރިވަރުންގެ މެދުގައި އިތުރުކޮށް މި ދާއިރާގެ ކުރިއަށް ދެވެން ހުރި ކެރިއަރތަކުގެ މައުލޫމާތު ހިއްސާ ކުރާށެވެ. މީގެ އިތުރުން އެމްޕީއެލް އިން ކުރަމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތުތައް ފޯރުކޮށްދ،ީ ޕޯޓުގެ ދާއިރާގެ ހޭލުންތެރިކަން އިތުރުކޮށ،ް ކުންފުނީގެ ސްޓޭކް ހޯލްޑަރުންނާ އޮތް ގުޅުން އިތުރަށް ވަރުގަދަކުރުން ވެސް ހިމެނެ އެވެ.މި ހަރަކާތުގައި ބައިވެރިވާ ދަރިވަރުންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ތިން ދަރިވަރަކަށް މި ކުންފުނީގެ ފަރާތުން ލެޕްޓޮޕްހަދިޔާކުރުމަށް ވެސް އޮތެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އެމްޕީއެލް އިން ސްކޫލް ކުދިންނަށް ޕޯޓް އޯޕަންޑޭއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ