އިންޓަނޭޝަނަލް އެއިޑް ކެންޕެއިން، (އައިއޭސީ)ން ހުޅުވާލި “ޣައްޒާ އެމެޖެންސީ ރިލީފް ފަންޑް” އަށް ތިން ގަޑިއިރު ތެރޭގައި އެއް ލައްކަ އަށްވުރެ ގިނަ ފައިސާ ލިބިފައިވާ ކަމަށް އައިއޭސީން ބުނެފިއެވެ.
ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެފައިވާ އިޒްރޭލާ ދެކޮޅަށް ހަމާސް އިން ދޭން ފެށި ހަމަލާތަކާ ގުޅިގެން ހާލުގައި ޖެހުނު އެގައުމުގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ގާތްގަނޑަކަށް 5000,000 ޑޮލަރަށް ހަރަދުވާނެކަމަށް އައިއޭސީން ވަނީ ބުނެފައެވެ.
މި ގޮތުން ފެނާއި ކާބޯތަކެތީގެ އިތުރުން ދެންވެސް އަސާސީ އެކިއެކި ބޭނުންތައް ފުއްދުމަށް އެހީތެރިކަން ބޭނުންވާކަމަށް އައިއޭސީން ވަނީ ބުނެފައެވެ.
އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ 230 މީހަކު ވަނީ ޝަހީދުވެފައެވެ. އަދި 1600 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާއިރު ފަލަސްތީނުގެ ޣައްޒާ އަށް ކާބޯތަކެތި އެތެރެ ކުރުންވެސް އިސްރާއީލުން ވަނީ ހުއްޓުވާފައެވެ.
ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކު ބަލިވެ އިން މައްސަލައެއް ބަލަން ފަށައިފި އެޗްއާރްސީއެމްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި އިންތިހާބީ ރައީސްގެ އޮފީސް ހިންގާނީ ސްޓެލްކޯގެ 5 ވަނަ ފަންގިފިލާގަ ދެކުނުގެ އަތޮޅުތަކަށް މިއަދު މޫސުން ގޯސްވާނެ: މެޓް މަގ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ