ފ.ނިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކައި ނިންމާލައިފި

ފ.ނިލަންދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކައި ނިންމާލައިފިއެވެ.
މިކަމާ ގުޅޭގޮތުން ނިލަންދޫ ކައުންސިލުން ވަނީ އެއާޕޯޓް އެޅުމަށް ހިއްކި ސަރަހައްދުގެ ފޮޓޯއެއް އާއްމުކޮށްފައެވެ. ނިލަންދޫ ކައުންސިލުން ބުނީ އެރަށުގައި ތަރައްގީކުރާ 1800 މީޓަރު ރަންވޭ ހިމެނޭ އެއާޕޯޓްގެ ބިން ހިއްކައި ނިމިފައިވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަހަރުގެ ސެޕްޓެމްބަރުމަހުގެ 21 ވަނަ ދުވަހު ނިލަންދޫއަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ، ނިލަންދޫ އެއާޕޯޓް މަސައްކަތް ދެ އަހަރާއި ބައިގެ ތެރޭގައި ނިމޭނޭކަމަށް ވިދާޅުވެފައެވެ.
ނިލަންދޫ އެއާޕޯޓް ބިންހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ އެމްޓީސީސީންނެވެ. އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކައި ނިމިފައިވާއިރު، މީގެ ކުރިން އެ މަސައްކަތް ނިމޭނޭކަމަށް ލަފާކޮށްފައިވަނީ މިއަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ. 
ނިލަންދޫ އެއަރޕޯޓު އެޅުމަށް ބޭނުންވާ 42.6 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދިއުމަށް ވަނީ ހިމަނާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ