ބޭސް ފިހާރަތަކުން ބޭސް ގަންނައިރު، އެއީ ބޭސް ވިއްކުމުގެ ހުއްދަ އޮތް ތަނެއްކަން ކަށަވަރު ކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން އެދެފި އެވެ.
އެފްޑީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އޮތޯރިޓީގެ ހުއްދަ ނެތި ބޭސް އިމްޕޯޓުކޮށް ވިއްކުމަކީ މަނާކަމެއް ކަމަށެވެ. އަދި ބޭސް ވިއްކާ ފިހާރަތަކުގައި މަސައްކަތް ކުރާ މީހުން ތިބެން ޖެހޭނީ ވެސް އެ މީހުންނަށް ދޫކޮށްފައިވާ އައިޑީ ކާޑު އަޅައިގެން ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެ ނޫން ގޮތަކަށް ބޭހުގެ ވިޔަފާރިކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެފްޑީއޭގެ ބަޔާނުގައި އިންޒާރު ކޮށްފައިވެ އެވެ.
އެފްޑީއޭއިން ވަނީ ބޭސް ގަންނަ ފަރާތްތަކުން ވެސް އެކަންކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ.
އެގޮތުން ބޭސް ގަންނައިރު، އެ ބޭސްފިހާރައިގައި އާންމުކޮށް ފެންނާނެ ގޮތަށް ބޭސް ވިއްކުމުގެ ހުއްދަ ހަރުކޮށްފައި ހުރޭތޯ ބެލުމަށާއި ބޭސް ވިއްކަން ތިބޭ މީހުން ތިބެނީ އެ އޮތޯރިޓީން ދޫކޮށްފައިވާ އައިޑީ ކާޑު އަޅައިގެންތޯ ކަށަވަރު ކުރުމަށް އެ އޮތޯރިޓީން ވަނީ އެދިފަ އެވެ.
އަދި، ގަންނަ ބޭހުގެ މުއްދަތު ހަމަވާ ތާރީހު ބެލުމަށާއި އެ ބޭހެއް ބޭނުންކުރާނެ ގޮތުގެ އިރުޝާދު ރަނގަޅަށް ލިޔެފައި ހުރިތޯ ކަށަވަރު ކުރުމަށް ވެސް އެ އޮތޯއިޓީގެ ބަޔާނުގައި އެދިފައިވެ އެވެ.
އޭގެއިތުރުން، ބޭސް ޕެކު ކޮށްފައި ހުންނަނީ ރައްކާތެރިކޮށްކަން ކަށަވަރު ކުރުމަށް ވެސް އެ އޮތޯރިޓީން އެދިފައިވެ އެވެ. އެފްޑީއޭއިން ބުނީ ފިނީގައި ބަހައްޓަންޖެހޭ ބޭސް ދޫކުރަން ޖެހޭނީ ވެސް ގަނޑުފެން ނުވަތަ އައިސް ޕެކް އަޅައިފައި ކަމަށެވެ. އެ ނޫން ގޮތަކަށް ވިއްކާ ފާމަސީތަކާމެދު ސަމާލުވުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެކަމާ ބެހޭ އިތުރު މައުލޫމާތެއް ބޭނުންވާ ނަމަ، 7200321 އަށް ގުޅުމަށް އެފްޑީއޭއިން އެދިފައިވެ އެވެ.
ބޭސް ގަންނައިރު، އެއީ ބޭސް ވިއްކުމުގެ ހުއްދަ އޮތް ފާމަސީއެއްކަން ކަށަވަރުކުރަން އެދިއްޖެ ބޭސް ގަންނައިރު، އެއީ ބޭސް ވިއްކުމުގެ ހުއްދަ އޮތް ފާމަސީއެއްކަން ކަށަވަރުކުރަން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ