ބ. އޭދަފުށީގައި މަގުމަތީ އަސާގަނޑެއްގެ އެހީގައި ހިނގަމުން ދަނިކޮށް ޕިކަޕެއް އައިސް ޖެހި އެކްސިޑެންޓްވި ދުވަސްވީ މީހަކު މަރުވެއްޖެ އެވެ.
ވީކިހިނެއް؟ - އެ އެކްސިޑެންޓްވީ މި މަހު 15 ވަނަ ދުވަހުގަ އެވެ.
ތަފްސީލް - އަނިޔާވެގެން މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދިޔައީ އަބޫބަކުރު އަބްދުﷲ، 88، ސީސަންގެ/ބ. އޭދަފުށި އެވެ.
އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު މަރުވުމުން އޭނާގެ މައްޗަށް ކަށު ނަމާދު ކުރުން އޮތީ އަސުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގަ އެވެ.
އޭދަފުށީގައި ޕިކަޕެއްގައި ޖެހި އެކްސިޑެންޓްވި ދުވަސްވީ މީހަކު މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ